ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫ އިން ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުއްޔާއިގުޅޭ؛
ޤާނޫނު ނަންބަރު: 2002/1 "ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު" އިން ބާރު ލިބިގެން އެކުލަވާލާފައިވާ ޤަވާއިދު ނަންބަރު: 2018/R-69 "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާއިދު" ގެ (9) ވަނަ މާއްދާގައިވާ ގޮތުގެމަތިން ރަށްރަށުން ބިން ދޫކުރެވޭނެ އެންމެ ކުޑަކުލި މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ ލޭންޑް ވެލުއޭޝަން ކޮމެޓީން ވަނީ ކަނޑައަޅާފައެވެ.
ވީމާ، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއިން ކޮށްފައިވާ އިޢުލާން އާއި ބިމުގެ ކުލި އެނގޭނެ ލިޔުން މި އިޢުލާނާއިއެކު ޢާއްމުކުރީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
03 މާރިޗު 2020
ހޯދާ