ދިވެހިރާއްޖެ
ހދ. ނޮޅިވަރަމުން ދިރިއުޅުމަށް 3000 އަކަފޫޓުގެ 75 ބަންޑާރަ ގޯތި ދޫކުރުމަށް 14 ފެބުރުއަރީ 2019 ގައި ކުރެވުނު އިޢުލާން (ނަމްބަރު: (IUL)264/PRIV/2019/7) އާއި ގުޅިގެން ގޯތި ލިބޭ 75 މީހުންގެ މެދުގައި، ގޯތިލިބޭ ސަރަހައްދު ކަނޑައެޅުމަށްޓަކައި ގުރުއަތުލުން 08 މާރޗް 2020 ވާ އާދިއްތަ ދުވަހުގެ 20:45 ގައި ނޮޅިވަރަމް ސްކޫލް ހޯލްގައި އޮންނާނެއެވެ.
ގުރުއަތުގައި ބައިވެރިވެވޭނީ ގޯތިލިބޭފަރާތް ނުވަތަ ފޯމްގައި ބަދަލުގައި ހަމަޖައްސާފައިވާ ފަރާތަށެވެ. މީގެ އިތުރުން އެހެން ފަރާތެއް ގުރުއަތު ނެގުމަށް ހަމަޖައްސަން ބޭނުންވާނަމަ 08 މާރޗް 2020 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން ބަދަލުގައި ހަމަޖައްސާ ފަރާތުގެ (އައިޑީކާޑް ކޮޕީ އަކާއެކު) މައުލޫމާތު ހުށަހެޅުމަށް ދަންނަވަމެވެ.
ގުރުއަތުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު އައިޑީކާޑް ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.