ދިވެހިރާއްޖެ
މި މަދަރުސާގެ ބޭރުފާރުގެ މޫނުމަތި ބަދަލުކުރުމަށް ބޭނުންވާތީ، މަދަރުސާއިން ދޭ ނަމޫނާޔާއެއްގޮތަށް އެ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލެވުނުފުރުޞަތުގައި އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، ދެވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.
1. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 މާރިޗް 04 ން 2020 މާރިޗް 12 އަށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް ހއ. އަތޮޅު މަދަރުސާގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. އީމެއިލްގެ ޒަރީޢާއިން ނުވަތަ ފޯނުން ގުޅައިގެންވެސް، ނަންނޯޓުކުރެވިދާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
2. ނަންނޯޓް ކުރުމަށް ގުޅުއްވާނީ: 6500048 އަށެވެ.
3. މަޢްލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 9892321 / 7743623 އަށެވެ.
4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 މާރިޗް 15 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 މާރިޗް 16 ވަނަ ދުވަހުގެ 13:00 ގައި ހއ. އަތޮޅު މަދަރުސާގެ އޮފީހުގައެވެ.
6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
ހއ. އަތޮޅު މަދަރުސާ / ހއ. ހޯރަފުށި
ފޯން: 6500048
އީ-މެއިލް: [email protected]