ދިވެހިރާއްޖެ
ޝަރަފުއްދީން ސްކޫލް
ހިތަދޫ، އައްޑޫ
ތާރީޚް: 18 ފެބުރުވަރީ 2020 އިންޓަރންޝިޕް ފުރުސަތު ނަންބަރ: GS43-A/2020/007
އިންޓާރން (ވަގުތީމުވައްޒަފުން) ހޯދުމަށް
މުއްދަތު: 3 މަސްދުވަސް
ވަޒީފާ އަދާކުރަންޖެހޭ ތަން: ޝަރަފުއްދީން ސްކޫލް
އަދަދު : 3
ތައުލީމީ ފެންވަރާއި ތަޖުރިބާ:
ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން މަދުވެގެން 2 މާއްދާއިން ފާސްވެފައިވުމާއެކު، 18 އަހަރު ފުރިފައިވުން.
މައިގަނޑު މަސައްކަތްތައް:
ސްކޫލުގެ ކައުންޓަރަށް އަންނަ ސިޓީ ފަދަ ތަކެތި ބަލައިގަތުމާއި ކައުންޓަރުގެ ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް އެ ޚިދުމަތް ދިނުން އަދި އިދާރާއަށް އަންނަ ފޯންކޯލްތަކަށް ޖާވާބުދާރީވުން.
ސްކޫލުގެ ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.
ސްކޫލްގެ މުއައްޒަފުންނާއި ގުޅޭ މަސައްކަތްތައް.
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ކަންތައް:
- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
ހުށަހަޅަންޖެހޭ ތަކެތި:
މަޤާމަށް އެދި ފޮނުވާ ސިޓީ، ވަނަވަރު، ތަޢުލީމާ ތަމްރީންގެ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ (ސަނަދުތަކުގެ ކޮޕީ އަސްލާއެއްގޮތްކަމުގެ ތައްގަނޑުޖަހާފައި)
ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 11 މާރިޗް 2020 ވާ އަންގާރަ ދުވަހުގެ 12:00 އެވެ.
މިމަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކާއި މަޤާމް ހަވާލުކުރެވޭނެއެވެ. އަދި މަޤާމްގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް މުއްދަތު ހަމަވުމުން މަސައްކަތް ކުރިކަމުގެ ސެޓްފިކެޓެއް ލިބޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ސްކޫލްގެ ފޯން: 6887030 އަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
03 މާރިޗް 2020