ދިވެހިރާއްޖެ
މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިކައުންސިލުން މިރަށުގައި އިމާރާތްކުރާ ހިނަވާގައި ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 04 ފެބްރުއަރީ 2020 ގައި ކުރެވުނު މިކައުންސިލުގެ ނަންބަރު (IUL)456-ECMS/456/2020/13 އިޢުލާނާއި ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ ދެ ފަރާތުންކަމަށްވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކަށް މި އިދާރާއަށް ހާޟިރުވެ ބީލަން ފޮތް ބައްލަވައިގަތުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ފޮތެއްގެ އަގަކީ -/200ރ (ދުއިސައްތަ ރުފިޔާ / - ) އެވެ.
# |
ތަފްޞީލް |
ތަން |
ތާރީޚް |
ގަޑި |
1 |
ބީލަމަށް ރަޖިސްޓްރީ ކުރުން |
ލ. ކަލައިދޫ ކައުންސިލް އިދާރާ |
03 މާރޗް 2020 އިން 08 މާރޗް 2020 އަށް |
9:00 12:00 |
2 |
ޕްރީ ބިޑް މީޓިންގ |
ލ. ކަލައިދޫ ކައުންސިލް އިދާރާ |
09 މާރޗް 2020 (ހޯމަ) |
13:00 |
3 |
ބީލަން ހުށަހެޅުން |
ލ. ކަލައިދޫ ކައުންސިލް އިދާރާ |
12 މާރޗް 2020 (ބްރާސްފަތި) |
13:00 |
އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދޭގަޑިގައި މަޢުލޫމާތު ނެގޭނީ ހާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ 6800730 ފޯނާ ގުޅުއްވުން އެދެމެވެ.