ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
ތިރީގައި މިދަންނަވާ މަގާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.
މަޤާމް: |
ޑްރައިވަރު |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ވަޒީފާގެ މުއްދަތު: |
2(ދޭއް) އަހަރު |
މަޤާމުގެ ގިންތި |
ކައުންސިލްގެ ވަގުތީ |
މަޤާމުގެ ރޭންކް: |
އެސް.އެސް. 4 |
މަޤާމުގެ ކުލެސިފިކޭޝަން |
ސަޕޯޓް ސްޓާފު ގްރޭޑް 4 |
ވަޒީފާ އަދާކުރަންޖެހޭ ތަން |
ރ. މާކުރަތު ވޭސްޓް މެނޭޖްމަންޓް ސެންޓަރ/ މާކުރަތު ކައުންސިލްގެ އިދާރާ، ރ. މާކުރަތު |
ސެކްޝަން |
އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓު (ޔުނިޓް އޭ) |
މުސާރަ |
މަހަކު -/4،200 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު -/1000 ރުފިޔާ |
ސްޕަރވައިޒަރ އެލަވަންސް: |
މަހަކު -/1200 ރުފިޔާ |
ރިސްކް އެލަވަންސް: |
މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/20 ރުފިޔާ |
ހާޟިރީ އެލަވަންސް: |
މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/20 ރުފިޔާ |
އެހެނިހެން އެލަވަންސް |
1- އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ 2- ހަމަޖެހިފައިވާ އުސޫލުން ރަމަޟާން މަހުގެ އިނާޔަތްތައް 3- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބިދެވޭނެ އަދި ޕެންޝަން ފައިސާގެ ގޮތުގައި ކޮންމެ މަހެއްގެ އަސާސީ މުސާރައިގެ %7 ފައިސާ އުނިކުރެވޭނެއެވެ. 4- ހަމަޖެހިފައިވާ އުސޫލުން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާތީދެވޭ އެލަވަންސް
|
ރަސްމީކޮން މަސައްކަތް ކުރަންޖެހޭ ވަގުތު |
ކައުންސިލުން އަންގާ ގޮތެއްގެ މަތިން ދުވާލަކު 8 ގަޑިއިރު (ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 7:00 ން މެންދުރު 11:00 އަށް އަދި މެންދުރުފަހު 13:00 ން 17:00 އަށް) |
މަޤާމުގެމަސްޢޫލިއްޔަތުތަކާއި ވާޖިބުތައް: |
10. ރަށު ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ގޭގޭގައި އުފެދޭ ކުނި ވެހިކަލްގައި ކުނި ކޮށްޓަށް ގެންދިއުން. 11. ކުނި ގޭގެއިން ނަގާއިރު ކުނި ވަކިކޮށްފައި ހުރިތޯ ކަށަވަރު ކުރުން (ބަދިގެ ބާކީ ނުވަތަ ކުނިވާތަކެތި، ފަތްކުނި، ދަނގަނޑު، ޕްލާސްޓިކް، ބިއްލޫރި ފަދަ) 12. ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުން އަމިއްލަ ރައްކާތެރި ކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާފައިވޭތޯ ކަށަވަރު ކުރުން. 13. ކުނި ކޮށީގައި ކުނި ބެހެއްޓުމަށް އިންތިޒާމްތައް ހަމަޖައްސާ މުވައްޒަފުން ލައްވާ އެ އިންތިޒާމްތައް ދެމެހެއްޓުން. 14. ކުނި އަންދާއިރު ވައި ހުރި ގޮތަށް ބަލާ (ރަށު ތެރެއަށް ދުން ނުދާނެ ގޮތަށް) އަލިފާން ރޯކުރުން. 15. ކުނި ކޮށީގައި ބޭނުންކުރުމަށް ދޫކޮށްފައިވާ ތަކެތި ޤަވާޢިދުން ބެލެހެއްޓުން، އަދި ތަކެއްޗަށް ލިބޭ ގެއްލުމުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާ ކުރުން. 16. ރަށަށް ދިމާވާ ކުއްލި ނުރައްކަލުގެ ވަގުތު ތަކުގައި އަދި ކައުންސިލް އިދާރާ އަށް ކުއްލިއަކަށް ދިމާވާ ނުރައްކާތެރި ހާލަތްތަކުގައި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމަށް ކައުންސިލް އިދާރާއިން ނިންމަވާ އުސޫލެއްގެ މަތިން ސްޕަވައިޒަރުގެ ލަފަޔާ މަޝްވަރާގެ މަތިން މަސައްކަތުގައި ކެތްތެރިކަމާއި އެކު ހަރަކާތްތެރިވުން. 17. ކައުންސިލް މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން. 18. ކައުންސިލްގެ މަސައްކަތްތަކާއި ގުޅިގެން ހަވާލުކުރެވޭ މިނޫން މަސައްކަތްތަކާއި، އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
20. ކައުންސިލް އިދާރާއިން ފާހަގަކުރާ ދުވަސްތައް ފާހަގަ ކުރުމުގައި މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުން. |
މަޤާމުގެ ޝަރުޠުތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ 8. މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޯށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
(ހ) ތަޢުލީމަށް (%21) (ށ) މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން (%5) 2. ލިބިފައިވާ މަސައްކަތު ތަޖްރިބާ (ހ) މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ (%26) 3. ލިބިފައިވާ ހުނަރު (ހ) އިންޓަރވިއު/ ޕްރެކްޓިކަލްސް (%48) |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 މާރޗް 2020 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] ނުވަތަ [email protected] އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކޮށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓު ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10 މާރޗް 2020 އާއި 21 މާރޗް 2020 އާއި ދެމެދު މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލް އިދާރާގައެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓު (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓު (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި މިއިދާރާގެ ވެބްސައިޓް www.mci.gov.mv ގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށީގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4009831، 4009833 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
06 ރަޖަބު 1441