|
މަޤާމް
|
ގްރެފިކްސް ޑިޒައިނަރ
|
ބޭނުންވާ ޢަދަދު
|
2
|
|
|
މުސާރަ އެލަވަންސް އާއި އެކު
|
-/8500 އާއި -/10000 ދެމެދު
|
|
|
އޮފީސް
|
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
|
|
|
ޑިޕާރޓްމަންޓް
|
މީޑިއާ ޑިޕާރޓްމަންޓް، ރެފްރީސް ޑިޕާރޓްމަންޓް
|
|
|
މަޤާމުގެ ކްލެސިފިކޭޝަން
|
އެސިސްޓަންޓް އޮފިސަރ
|
|
|
މަޤާމުގެ ޝަރުތުތައް
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:
- ހ- މަޤާމަށް ބޭނުންވާ މަލްޓިމީޑިޔާ ނުވަތަ ގްރެފިކްސް ޑިޒައިން އަދި އެނިމޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ހާސިލްކޮށްފައިވުމާއިއެކު ޑިޒައިންކުރުމާއި އެނިމޭޓް ކުރުމުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، އެޑޯބީ ގްރިއޭޓިވް ކްލައުޑް ސޮފްޓްވެއަރތައް ރަނގަޅަށް އެގުން، ގޫގްލް ޖީސުއިޓް އަދި އެފަދަ އެހެން ޕްލެޓްފޯމް ތަކާއި އެޕްލިކޭޝަންތައް ބޭނުންކޮށްގެން މަސައްކަތް ކުރަން އެނގުން، ތްރީ-ޑީ ކުރެހުންތައް ކުރަހަން އެނގުން، ޑިޖިޓަލް ފައިލް ފޯމެޓްތަކާއި ގުޅޭ ޓެކްނިކަލް މަޢުލޫމާތު އެނގުން އަދި ކޯޕަރޭޓް މާހައުލެއްގައި ބޭނުންކުރާ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަން އެގުން. ނުވަތަ
- މަޤާމާގުޅޭ ދާއިރާއަކުން (ގްރެފިކްސް ދާއިރާއިން) ޑިގްރީ ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތު
|
- ލީފްލެޓް އަދި ބެނާ ފަދަ ތަކެތި ޑިޒައިންކުރުން
- ފުޓްބޯލް އެސޯސިއޭޝަންއިން ކުރިއަށްގެންދާ ޙަރަކާތްތަކަށް ތައްޔާރުކުރަންޖެހޭ އޯޑިއޯ އާއި ވީޑިއޯ ކްލިޕްތަކާއި ޕްރެޒެންޓޭޝަންތަކާއި އޯޑިއޯ ރިޕޯޓްތަކާއި ވީޑިއޯ ރިޕޯޓްތަށްފަދަ އެންމެހައި ތަކެތި ތައްޔާރުކުރުން.
- ސޯޝަލް މީޑިއާ (ފޭސްބުކް، ޓުވިޓަރ، އިންސްޓަރގްރާމް) އަދި ވެބްސައިޓްއަށް ބޭނުންވާ އިޝްތިހާރުތައް ތައްޔާރުކުރުން.
- ފުޓްބޯލް އެސޯސިއޭޝަންއިން ކުރިޔަށް ގެންދާ މަޝްރޫއުތަކާއި ހަރަކާތްތަކުގެ ފޮޓޯ ނެގުމާއި ވީޑިއޯ ނެގުމާއެކު، އެތަކެތި ރައްކާކުރުން.
- ފޮޓޯ، ވީޑިއޯ އަދި އޯޑިއޯ އެޑިޓްކުރުން.
- މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން
- މަތީގައިވާ ކަންތައްތަކުގެ އިތުރުން، އެސޯސިއޭޝަންގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.
|
|
ހުށަހަޅަންޖެހޭ ތަކެތި
|
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
|
|
ނޯޓް
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 08:00 އިން 15:00 އަށެވެ.
|
|
|
ސިޓީ ފޮނުވަންވީ ތާރީޚް
|
- 12 މާރޗް 2020 މެންދުރު 12:00 ގެ ކުރިން، ހުރިހާ ޑޮކިއުމަންޓެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހުށައެޅުން އެދެމެވެ. އީމެއިލް ބަލައި ނުގަނެވޭނެއެވެ.
|
|
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3327868 ނަންބަރު ފޯނާއެވެ.
މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު އެސޯސިއޭޝަންއަށް ލިބިގެންވެއެވެ.
|
|
|
|
|
|
|
|
|
|
|
|
|