ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ބިލެތްދޫ މަގުތަކުގައި ހުރި މަގުބައްތިތައް ލެޑްލައިޓައް ބަދަލުކުރުމަށް ބޭނުންވާ ސާމާނު ހޯދުން

ފ.ބިލެތްދޫ ކައުންސިލްގެ 2020 ވަނަ އަހަރުގެ 3 ވަނައާއްމު ޖަލްސާގައި ނިންމާފައިވާ ގޮތުގެ މަތިން، ފ.ބިލެތްދޫ މަގުތަކުގައި ބޭނުން ކުރަމުންއަންނަ މަގު ބައްތިތައް ލެޑްލައިޓައް ބަދަލުކުރަން ބޭނުންވެއްޖެއެވެ. މިގޮތުން 50 ވޯޓުގެ 200 ލެޑާއި، 30 އޮޓޯ ސްވިޗް ހޯއްދަން ބޭނުންވެއެވެ.

ވީމާ މި ކައުންސިލް ދޭ މައުލޫމާތާއި އެއްގޮތައް ލެޑްލައިޓާއި، އޮޓޯ ސްވިޗް ގެނަސްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 މާރޗް 2020 ވާ ބުދަދުވަހުގެ 10:00 އަށް ބިލެތްދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލް އަށް ދުރުވެ މައުލޫމާތު ސާފު ކުރެއްވުން އެދެމެވެ. މާލޫމާތު ސެޝަންގައި ބައިވެރިވެވޭނީ 100 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.  ބީލަން ހުޅުވުން އޮންނާނީ 15 މާރިޗް 2020 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ބިލެތްދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މި މަސައްކަތުގެ އަންދާސީ ހިސާބު ހުށައަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. އަދި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލޮޕްމެންޓާއި މީރާގައި ރަޖިސްޓްރީ ކޮއްފައިވާ ކަމުގެ ލިޔެކިޔުންތަށް ހުށަނާޅާނަމަ އަންދާސީހިސާބު ބަލައިނުގަނެވޭނޭވާހަކަ ދަންނަވަމެވެ.  

ތިރީގައިމިވާ ހާލަތްތަކުގައި ބީލަން ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ ބީލަން ސިޓީ

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ ބީލަން ސިޓީ

   - ގަޑިޖެހުމަށްފަހު ގެންނަ ބީލަން ސިޓީ

   - މަޢުލޫމާތު ފުރިހަމަނުވާ ބީލަން ސިޓީ

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ ބީލަން ސިޓީ

   - މިއިދާރާއިން ބީލަން ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ ބީލަން ސިޓީ

02 މާރިޗު 2020
ހޯދާ