ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ކަނޑޫދޫ ޕްރީ ސްކޫލްގެ 02 ފާޚާނާ މަރާމާތު ކުރުމާއި 5000 ލިޓަރު ކަޅުހަމެއްބަހައްޓައި ފެންވައިރު ކުރުމާބެހޭ

އިޢުލާން

 

 

ތ. ކަނޑޫދޫ ޕްރީ ސްކޫލްގެ 02 ފާޚާނާ މަރާމާތު ކުރުމާއި

5000 ލިޓަރު ކަޅުހަމެއްބަހައްޓައި ފެންވައިރު ކުރުމާބެހޭ

 

                  ތ. ކަނޑޫދޫ ޕްރީ ސްކޫލްގެ 02 ފާޚާނާ މަރާމާތުކުރުމާއި، 5000 ލިޓަރު ކަޅުހަމެއް ބަހައްޓައި ފެންވައިރު ކޮށްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު (IUL)387/387/2020/19 (12 ފެބުރުއަރީ 2020)ގެ އިޢުލާނާގުޅިގެން އެކަށީގެންވާވަރަށް އެސްޓިމޭޓް ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

                  ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 08 މާރިޗު 2020 ވަނަދުވަހުގެ 12:00 ގެކުރިން މިއިދާރާއަށް ދުރުވެ ބިޑް ޑޮކިއުމެންޓް ބައްލަވައި ގަތުމަށްފަހު 12 މާރިޗު 2020 ވަނަދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. ޕްރީމިޑް މީޓިންގ 08 މާރިޗު 2020 ވަނަދުވަހު 13:30 ގައި މިއިދާރާގައި އޮންނާނެއެވެ. ބިޑު ޑޮކިއުމަންޓްގެ އަގަކީ -/30 ރުފިޔާއެވެ. ބިޑު ޑޮކިއުމަންޓް ސަރުކާރު ބަންދުނޫން ދުވަސްދުވަހު 12:00 އާއިހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބިޑު ޑޮކިއުމަންޓް ގަތުމަށް ދައްކާ ފައިސާ އަނބުރާ ނުލިބޭނެ ވާހަކަ ދެންނެވީމެވެ.

 

                  މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

 

                  07 ރަޖަބު 1441

                  02 މާރިޗު 2020 

02 މާރިޗު 2020
ހޯދާ