ދިވެހިރާއްޖެ
ގދ.ނަޑެއްލާ ސިއްޙީމަރުކަޒުގެ އެމްބިއުލާންސް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް މިހޮސްޕިޓަލުން 24 ފެބްރުއަރީ 2020 ގައި ކޮށްފައިވާ ފުރަތަމަ ނަންބަރ (IUL)ASMH-MSSS/ASMH/2020/9 އިޢުލާނާއި ގުޅިގެން އެންމެފަރާތަކުން ރަޖިސްޓަރ ވެފައިވާތީ މިދެންނެވި އިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 03 މާރިޗު 2020 ވާ އަންގާރަ ދުވަހުން ފެށިގެން 05 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން 13:00 އާއި ދޭތެރޭ ރަސްމީދުވަސްތަކުގައި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތްގެ (ރޯޝަނީބިލްޑިންގ،ސޯސަންމަގު) ރިސެޕްޝަނަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުންއެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓްކުރެވިފައިވާނެއެވެ. އަދި 08 މާރިޗު 2020 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަނެއް މިހޮސްޕިޓަލް އަދި މިނިސްޓްރީ އޮފް ހެލްތްގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 11 މާރިޗު 2020 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި މިހޮސްޕިޓަލް އަދި މިނިސްޓްރީ އޮފް ހެލްތް (ރޯޝަނީބިލްޑިންގ،ސޯސަންމަގު) ގައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 08 މާރިޗު 2020 ވާ އާދިއްތަ ދުވަހު ހެނދުނު 9:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެވާހަކަވެސް ދަންނަވަމެވެ.