މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ޓެކްސް ރޫލިންގ

ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް: ހިސާބުކުރާ މުއްދަތު ބަދަލުކުރުމުގެ ނަތީޖާ

މިއީ، ޤާނޫނު ނަންބަރު 2011 / 14 މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 2010/3 ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގ އެކެވެ. އެހެންގޮތަކަށް ބަޔާންކޮށްފައިވާ ޙާލަތެއްގައި މެނުވީ، ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ގަވާއިދު ނަންބަރު  2011/R-47  އާއި ޓެކްސް ރޫލިންގ ނަންބަރު ,TR-2012/B6 ,TR-2012/B11, TR-2013/B27އަދި  TR-2013/B31 މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ގަވާއިދު ނަންބަރު 2011/R-35 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީގޮތުން ލާޒިމުކުރެއެވެ.
ތަޢާރުފު

1. މި ރޫލިންގގައި ބަޔާންކޮށްފައިވާނީ ޓެކްސް ދައްކާ ފަރާތެއްގެ ހިސާބުކުރާ މުއްދަތު ބަދަލުކުރުމުގެ ސަބަބުން އަންނަ އިންތިޤާލީ ހިސާބުކުރާ މުއްދަތާ ގުޅިގެން އަންނަނިވި ކަންކަން ކުރާނެ ގޮތެވެ.

          (ހ) ޓެކްސް-ފްރީ ތްރެޝޯލްޑާއި އިންޓެރިމް ޕޭމަންޓްތައް ހިސާބުކުރާނެ ގޮތް؛ އަދި

          (ށ) ޓެކްސް ބަޔާން ހުށަހަޅަންޖެހޭ އަދި ޓެކްސް ދައްކަންޖެހޭ ސުންގަޑި.

2. ގަވާއިދުގެ 7 ވަނަ މާއްދާގައި ވަނީ:

         "ވިޔަފާރި ހުއްޓާލުމާ ގުޅިގެންމެނުވީ، އެމް.އައި.އާރ.އޭ އިން ލިޔުމަކުން ހުއްދަ ހޯދުމަކާ ނުލައި އެއްވެސް ފަރާތެއްގެ ހިސާބުކުރާ މުއްދަތު ބަދަލެއް ނުކުރެވޭނެއެވެ."

ރޫލިންގ

3. ގަވާއިދުގެ 7 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، ހިސާބުކުރާ މުއްދަތު ބަދަލުކުރުމަށް އެއްވެސް ފަރާތަކަށް ("ޓެކްސް ދައްކާ ފަރާތް") ހުއްދަ ދީފިނަމަ، އަދި އެ ބަދަލާ ގުޅިގެން 12 މަސްދުވަހަށްވުރެ ކުރު، ހިސާބުކުރާ މުއްދަތެއް ("އިންތިޤާލީ ހިސާބުކުރާ މުއްދަތު") އަންނަނަމަ، މި ރޫލިންގގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ އިންތިޤާލީ ހިސާބުކުރާ މުއްދަތަށް، ޓެކްސް ދައްކާ ފަރާތުން ޓެކްސް ބަޔާނަކާއި އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓެއް ހުށަހަޅައި، އިންޓެރިމް ޕޭމަންޓް ދައްކަންވާނެއެވެ.

4. އިންތިޤާލީ ހިސާބުކުރާ މުއްދަތަށް ލިބޭ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓެކްސް-ފްރީ ތްރެޝޯލްޑް، އަންނަނިވި ފޮމިއުލާ ބޭނުންކޮށްގެން ޕްރޯ-ރޭޓާކޮށް ބަހަންވާނެއެވެ.

    A  އަކީ ދިވެހިރާއްޖޭގައި ޓެކްސް ދައްކަންޖެހޭ ސަބްސިޑިއަރީތަކުގެ އަދަދެވެ.

5. އިންތިޤާލީ ހިސާބުކުރާ މުއްދަތުގެ ތެރޭގައި އަންނަ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ އިންޓެރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑީގެ ނިޔަލަށް، ޓެކްސް ދައްކާ ފަރާތުން އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓެއް ހުށަހަޅައި، އަންނަނިވި ފޮމިއުލާ ބޭނުންކޮށްގެން ހިސާބުކޮށްފައިވާ އިންޓެރިމް ޕޭމަންޓް ދައްކަންވާނެއެވެ.

6. އިންތިޤާލީ ހިސާބުކުރާ މުއްދަތަށްފަހު ދެން އެންމެ ފުރަތަމަ އަންނަ ހިސާބުކުރާ މުއްދަތަށް ޓެކްސް ދައްކާ ފަރާތުން  ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓް ހިސާބުކުރާނީ އަންނަނިވި ފޮމިއުލާ ބޭނުންކޮށްގެންނެވެ.

7. ޓެކްސް ދައްކާ ފަރާތުން އިންތިޤާލީ ހިސާބުކުރާ މުއްދަތަށް ޓެކްސް ބަޔާން ހުށަހަޅަންވާނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ނިޔަލަށެވެ. އަދި ފައިނަލް ޕޭމަންޓް ދައްކަންވާނީ އެ ޤާނޫނުގެ 24 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

8. މި ރޫލިންގގެ 7 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ޓެކްސް ބަޔާން ހުށަހަޅަންވާނީ 31 ޖެނުއަރީ 2013 ގައި ނެރެފައިވާ ޓެކްސް ރޫލިންގ ނަންބަރު TR-2013/B28 (މާލީ ހިސާބުތައް ހުށަހެޅުމާއި އޮޑިޓަރުން ޢައްޔަންކުރުން (އިޞްލާޙުކުރެވިފައި)) އާ އެއްގޮތްވާ ގޮތުގެ މަތިން ތައްޔާރުކޮށްފައިވާ މާލީ ހިސާބުތަކާއެކުގައެވެ.

9. މި ރޫލިންގއަށް ޢަމަލުކުރަންވާނީ ގަވާއިދުގެ 20 ވަނަ މާއްދާގެ (ރ) އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ޢަމަލުކުރަން ފެށުން

10. މި ރޫލިންގ އަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ނެރޭ ތާރީޚުން ފެށިގެންނެވެ.

06 މޭ 2013
ހޯދާ