ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުުސަތު - ޑްރައިވަރު

ވަޒީފާގެ ފުރުޞަތު

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން
ދިވެހިރާއްޖެ

ވަޒީފާގެ ފުރުޞަތު


ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތްކުރުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމް:

ޑްރައިވަރ

ސެކްޝަން/ޑިވިޜަން:

ޖެނެރެލް ސަރިވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ޝަރުތުތައް:

މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތް ތަޖުރިބާ ލިބިފައިވުން

މަގާމަށް ބޭނުންވާ ތަމްރީނެއް/ލައިސެންސެއް/ހުއްދައެއް/ ސަނަދެއް ހާސިލްކޮށްފައިވުން

ލިޔަންކިޔަން ދަތުމާއެކު މަގާމުގައި ކުރަންޖެހޭ މަސައްކަތް އެނގުމާއި އެ މަސައްކަތް ކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ކޯޕަރޭޝަންގެ ވެހިކަލްގެ ދަތުރުތައް އަންގާ ގޮތަށް ކުރުން

ވެހިކަލް ސާފު ކޮށް ބެލެހެއްޓުން

ވެހިކަލް ބޭނުންވާ އެއްޗެހި ހޯދުމާއި މަރާމާތުކުރަން ޖެހިއްޖެނަމަ ޑިވިޜަންގެ ކަމާ ބެހޭ ފަރާތާއި ގުޅިގެން އެމަސައްކަތް ކުރުން

ކޯޕަރޭޝަނުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

އޮފީހުން އިންތިޒާމުކުރާ އެކިއެކި ޖަލްސާ ތަކާއި ހަފްލާފަދަ ކަންކަމަށް އުފުލަންޖެހޭ ތަކެތި އުފުލުމާއި ރައްދުކުރަން ޖެހޭ ތަކެތި އެތަނަކަށް ރައްދުކުރުން

މުސާރަޔާއި އިނާޔަތްތައް

6000.00 (ރުފިޔާ (އަސާސީ މުސާރަ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 

މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު:

-        މަގާމަށް ބޭނުންވާ ލައިސެންސެއް ހަށިލްކޮށްފައިވާ މީހެއްކަމުގައި ވުން

-        ލިޔަންކިޔަން ދަތުމާއިއެކު މަގާމުގައި ކުރަން ޖެހޭ މަސައްކަތް ކުރަން އެންގުމާއި އެ މަސައްކަތް ކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހެއްކަމުގައިވުން

-        ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން

-        ތަޖުރިބާ

 

 

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

10 މާރިޗު 2020 ވަނަ ދުވަހުގެ 15:00 އަށް

 

ނޯޓް: ވަޒީފާއަށް އެދޭ ފޯމު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް www.bcc.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

މި ވަޒީފާތަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހަށްވުރެ މަތީފާހެއް ހާޞިލްކޮށްފައިވާނަމަ އެ ފާސް ވާންވާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ސްޕެޝަލައިޒްޑް ފާހަކަށެވެ.

 

02 މާރިޗު 2020
ހޯދާ