ދިވެހިރާއްޖެ
އިޢުލާން
ހއ. މާރަންދޫ ކަލޭފާނު ޕްރީސްކޫލުގެ ބައެއް މަސައްކަތްތައް ކުރުން
މިއިދާރާގެ ބެލުމުގެ ދަށުން ހިންގާ ހއ. މާރަންދޫ ކަލޭފާނު ޕްރީސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
1- ކުލާސްރޫމްގެ 2 ދޮރުފަތް ބަދަލުކުރުން
2- ސްކޫލު އޮފީހުގެ ބޮޑު ދޮރުފަތް ބަދަލުކުރުން
3- ކުލާސް ރޫމުގައި ޖަހާފައިވާ މުށިތައް ނަގާ ތަޅުންއަޅާ މުށި ޖެހުން (ތަށިމުށި ކައުންސިލުން ފޯރުކޮށްދޭނެ)
ވީމާ، އަމިއްލަ ޚަރަދުގައި މި މަސައްކަތްތައް ކުރުމަށް އެދޭފަރާތްތަކުން 2020، މާރިޗު 11 ވާ ބުދަ ދުވަހުގެ 10:30 އަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2020، މާރިޗު 15 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ.
މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500029 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
6 ރަޖަބު 1441
1 މާރިޗު 2020