މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.މާކުރަތު އުތުރުފަރާތު ބަނދަރުގައި ތިރީގައި ދެންނެވިފައިވާ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އިޢުލާން

ރ.މާކުރަތު އުތުރުފަރާތު ބަނދަރުގައި ތިރީގައި ދެންނެވިފައިވާ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

                މި އިދާރާގެ ނަންބަރު : (IUL)305-ME305/305/2020/24 (20 ފެބުރުވަރީ  2020) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެފައިވަނީ 2 ފަރާތުން ކަމަށްވާތީ، އެ ޢިއުލާނު ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރީމެވެ.

1. ބަނދަރު މަތީ ރުއްބަރި އާއި ފިތުރޯނަގަސްތަކުގެ ވަށާ ބުރުތައް ކާރބުގައު ބޭނުންކޮށްގެން ހެދުން

2. ބަނދަރުގައި 4 ހަޓު ހެދުން

3. ބަނދަރުގައި މަސްކަނޑާ އައްޓެއް ހެދުމުގެ މަސައްކަތް

4. ބަނދަރުގައި އިށިއިންނަ 10 ސިމެންތި ގޮނޑި ހަދާ ބެހެއްޓުމުގެ މަސައްކަތް

             މިމަސައްކަތްތަކުގެ މަޢުލޫމާތު ހިމެނޭ ބިޑު ފޮތް 01 މާރޗް 2020 ވާ އާދިއްތަ ދުވަހުން ފެށިގެން 04 މާރޗް 2020 ވާ ބުދަދުވަހުގެ ނިޔަލައް ރަސްމީ ގަޑީގައި މިކައުންސިލުން ލިބެން ހުންނާނެއެވެ. ބިޑު ފޮތެއްގެ އަގަކީ -/100 ( ސަތޭކަ ރުފިޔާ) އެވެ.

             މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 05 މާރޗް 2020 ވާ ބުރާސްފަތި ދުވަހު 11:00 ގައި މާކުރަތު ކައުންސިލް އިދާރާގައެވެ. މަޢުލޫމަތު ސާފުކުރެއްވުމަށްފަހު ބިޑު ހުށަހެޅުން އޮންނާނީ 11 މާރޗް 2020 ވާ ބުދަ ދުވަހުގެ 11:00ގައި މާކުރަތު ކައުންސިލް އިދާރާގައެވެ. ބިޑު ފޮތް ބައްލަވާނުގަންނަވާ ބޭފުޅުންނަށް މަޢުލޫމާތު ދޭ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                                 06 ރަޖަބު 1441

01 މާރިޗު 2020
ހޯދާ