ދިވެހިރާއްޖެ
އުކުޅަހު މަސްޖިދުލް ނޫރުގެ ނުނިމި ހުރި މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ (IUL)341-ADMN/341/2020/9 (12 ފެބްރުއަރީ 2020) އިޢުލާނާއި ގުޅިގެން އެކަށީގެންވާވަރަށް ތަރުހީބު ލިބިފައި ނުވާތީ އެ އިއުލާނު ބާތިލްކޮށް އަލުން އިއުލާނު ކުރަމެވެ.
ވީމާ މި މަސައްކަތްތައް ކުރުމައް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން 08 މާރިޗު 2020 ވާ އާދިއްތަ ދުވަހު 11:30 އަށް މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމައްފަހު 17 މާރިޗު 2020 ވާ އަންގާރަ ދުވަހުގެ 11:30 އަށް ކައުންސިލަށް ދުރުވެ އަންދާޒީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ދެންނެވި ފޯމް މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފު ކުރެއްވުމަށް ޙާޟިރުވާ ފަރާތްތަކާއި ހަވާލުކުރެވޭނެއެވެ. އަދި ބިޑް ތައްޔާރު ކުރަންވާނީ ބިޑްތައްޔާރުކުރުމަށް ދެވޭ މަޢުލޫމާތާއި އެއްގޮތަށެވެ.
މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން އިސްވެ ދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑް ބަލައެއް ނުގަނެވޭނެއެވެ.
ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.