ދިވެހިރާއްޖެ
ޅ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގައިކުރަން ހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
މިހޮސްޕިޓަލްގައި ކުރަންހުރި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- ހޮސްޕިޓަލް އާ ޢިމާރާތުގެ ތިއޭޓަރގެ މުށިތައް ބަދަލްކުރުން
- ހޮސްޕިޓަލްގެ އާ ޢިމާރާތުގެ އަސްކަނި ސީލިންގ ، ޑަކްޓް އަދި ޕޯޓިކޯ ސީލިންގ މަރާމާތުކުރުން
- ހޮސްޕިޓަލްގެ ބިއްލޫރި ދޮރުތަކުގައި ސިލިކޯން އެޅުން.
މިމަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތައް 01 މާރިޗު 2020 ވާ އާދިއްތަ ދުވަހުން ފެށިގެން 04 މާރިޗު 2020 ވާ ބުދަ ދުވަހުގެ ނިޔަލަށް ، ހެނދުނު 10:00 އިން 13:00 އާއި ދޭތެރޭ ޅ. އަތޮޅު ހޮސްޕިޓަލް އިދާރީބައި ނުވަތަ މި މިނިސްޓްރީ އޮފް ހެލްތް ( ރޯޝަނީ ބިލްޑިންގ، ސޯސަންމަގު ) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި 05 މާރިޗު 2020 ވާ ބުރާސްފަތި ދުވަހު ހެނދުނު 9:00 ގައި ޕްރީބިޑް ސެޝަންއެއް މި ހޮސްޕިޓަލާއި މިނިސްޓްރީ އޮފް ހެލްތް ( ރޯޝަނީ ބިލްޑިންގ، ސޯސަންމަގު ) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 11 މާރިޗު 2020 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި ހޮސްޕިޓަލާއި މިނިސްޓްރީ އޮފް ހެލްތް ( ރޯޝަނީ ބިލްޑިންގ، ސޯސަންމަގު ) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 04 މާރިޗު 2020 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
6 ރަޖަބު 1441
1 މާރިޗު 2020