ގެމަނަފުށީ ސްކޫލް
ދިވެހިރާއްޖެ
ވިޔަފާރީގެ އުޞޫލުން މި ސްކޫލްގެ ސެކިއުރިޓީ، 2020 ވަނަ އަހަރު، ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.

                    ނަންބަރ: GS-202/IUL/2020/09

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ގެމަނަފުށީ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުރި އިއުލާން ނަންބަރ GS-202/IUL/2020/08 އިޢުލާނާ ގުޅިގެން ބީލަމުގައި ބައިވެރިވެފައި ވަނީ 2 ފަރާތުން ނެވެ 3 ފަރާތުގެ ބިޑް ނުލިބޭތީވެ ކުރިން ކުރި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 މާރޗް 01 އިން 2020 މާރޗް 08 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. ސެކިއުރިޓީއާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 މާރޗް 09 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2020 މާރޗް 10 ވާ އަންގާރަ ދުވަހުގެ 11:00 ގައި ގެމަނަފުށީ ސްކޫލްގެ އޮފީހުގައި އޮންނާނެ އެވެ.
  5. ބިޑް ހުޅުވުން އޮންނާނީ 2020 މާރޗް 19 ބުރާސްފަތި ދުވަހުގެ 11:00 ގައި ގެމަނަފުށީ ސްކޫލްގެ އޮފީހުގައެވެ.
  6. މސެކިއުރިޓީ ގުޅޭ ބީލަން ފޮތް މަޢުލޫމާތު ދިނުމުގެ ބައްދަލް ވުމުގައި ދެވޭނެއެވެ.
  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގެމަނަފުށީ ސްކޫލް

ގއ. ގެމަނަފުށީ

އަމީނީ މަގު، ގއ. ގެމަނަފުށީ، ދިވެހިރާއްޖެ.

ފޯން:  7983077 ، 6820039

އީ-މެއިލް:          [email protected]

ކޮޕީ އީ-މެއިލް:

01 މާރޗް 2020

                                                                   ޝާހިދު ޙުސައިން   

                                                                     އެޑްމިނިސްޓްރޭޓަރ

 

01 މާރިޗު 2020
ހޯދާ