އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންފުށީ ޒުވާނުންގެ ފުޓްސަލް މުބާރާތް – 2020 އާގުޅޭ

ފެންފުށީ ކައުންސިލްގެ ނަންބަރު (IUL)355-ESMS/355/2020/19 އިއުލާނާ ހަވާލާދީ ދަންނަވަމެ. 07 މާރިޗު 2020 ވަނަދުވަހު ފެށުމަށް ހަމަޖެހިފައިވާ ފެންފުށީ ޒުވާނުންގެ ފުޓްސަލް މުބާރާތް ފަށާ ތާރީހް ވަނީ 10 މާރިޗު 2020 އަށް ލަސްކުރެވިފައެވެ.

ވުމާއެކު، މި މުބާރާތުގައި ބައިވެރިވެލައްވަން ފޯމުހުށަހަޅާފައިވާ ޓީމްތަކުން ލިސްޓަށް ބަދަލުގެނައުމާއި އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުމުގެ ފުރުސަތު 2020 މާޗް 03 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ވާހަކަ ދަންނަވަމެވެ.

މުބާރާތާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7853133 އަށް ގުޅުއްވުން އެދެމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.  

01 މާރިޗު 2020
ހޯދާ