ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއާއި ގުޅިގެން ރަމަޛާން ކްރިކެޓް ކާނިވަލް ހިންގާނެ ފަރާތެއް ހޯދުން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއާއި ގުޅިގެން ރަމަޛާން ކްރިކެޓް ކާނިވަލް ހިންގާނެ ފަރާތެއް ހޯދުން

24 މާރިޗް 2020 އިން 23 އޭޕްރީލް 2020 އާއި ހަމައަށް ބޭއްވުމަށް ހަމަޖެހިފައިވާ 16 ވަނަ ރަމަޛާން ކްރިކެޓް ކާނިވަލް، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއާއި ގުޅިގެން ހިންގާނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

16 ވަނަ ރަމަޛާން ކްރިކެޓް ކާނިވަލްގައި އެކުލެވިގެންވާ 3 ކެޓަގަރީއަކީ

  1. އޯޕަން ޓޭޕް ބޯލް ކްރިކެޓް ޓޯނަމެންޓް
  2. އޮފީސް ޓޭޕް ބޯލް ކްރިކެޓް ޓޯނަމެންޓް
  3. ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް ޓޯނަމެންޓް

 16 ވަނަ ރަމަޛާން ކްރިކެޓް ކާނިވަލް ހިންގާނެ ގޮތުގެ މައުލޫމާތު ސާފުކުރުމަށްޓަކައި 10 މާރިޗް 2020 ވާ އަންގާރަ ދުވަހު 11:00 އަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއަށް ވަޑައިގެންދެއްވުން އެދި ދަންނަވަމެވެ. އަދި މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 މާރިޗު 2020 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ކްރިކްޓް ބޯޑް އޮފް މޯލްޑިވްސް އަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 7970044 ނަންބަރާއި ގުޅުއްވުން އެދެމެވެ.  

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

[email protected]

 

01 މާރިޗު 2020
ހޯދާ