މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ އިމާރާތުގެ ގޯތިތެރޭގައި ހުރި 975.42 އަކަފޫޓުގެ ޖާގައަށް ބަދަލުތަކެއް ގެނެސް، އިންޓީރިއަރ ބައެއް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

  1. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ އިމާރާތުގެ ގޯތިތެރޭގައި ހުރި 975.42 އަކަފޫޓުގެ ޖާގައަށް ބަދަލުތަކެއް ގެނެސް، އިންޓީރިއަރ ބައެއް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު         (IUL)138-AS6/1/2020/15 (20 ޖަނަވަރީ 2020) އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅުއްވާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަށް އެކަށީގެންވާ ވަރަށްވުރެ އަގު ބޮޑުވުމާއި، މަޢުލޫމާތު ކަރުދާހަށް ބަދަލުތަކެއް އައުމާއި ގުޅިގެން، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
  2. މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް (އަމީނީމަގު)  ވަޑައިގެން ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރެއްވުމަށް އެދެމެވެ. އަދި ބިޑް ހުށަހެޅުމަށް ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރުން

މިނިސްޓްރީގެ ރިސެޕްޝަން

02 މާރިޗް 2020ގެ 08:30 އިން 03 މާރިޗް 2020 ގެ 13:30 އަށް

ޕްރީ ބިޑް މީޓިންގ

މިނިސްޓްރީގެ މީޓިންގރޫމް 4

04 މާރިޗް 2020 ގެ 13:00 އަށް

ބިޑް ހުށަހެޅުން

މިނިސްޓްރީގެ މީޓިންގރޫމް 4

12 މާރިޗް 2020 ގެ 11:00އަށް

  1. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2020 މާރިޗް 04 ވާ ބުދަ ދުވަހުގެ 13:30 އިން ފެށިގެން 2020 މާރިޗް 11 ވާ ބުދަ ދުވަހުގެ 14:00 ނިޔަލަށް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ބީލަން ހުށަހަޅަންޖެހޭ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހަށްފަހު ރަސްމީކޮށް ހުޅުވޭ ދުވަހު ބިޑް ހުޅުވަން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
  3. މި މަސައްކަތަށް ހުށަހަޅުއްވާ ޖުމްލަ އަގު 250,000/- (ދެލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، މި މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 1,500/- (އެއްހާސް ފައްސަތޭކަ ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2020 މާރިޗް 10 ވާ އަންގާރަ  ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

01 މާރިޗު 2020
ހޯދާ