ދިވެހިރާއްޖެ
މި ސްކޫލަށް 15 ކޮމްޕިއުޓަރ ސިސްޓަމް ވިއްކާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު IUL)GZS/2020/05) އާއި ގުޅޭ މަޢުލޫމާތު ބަދަލުކުރެވިފައިވާތީ، އެ އިޢުލާނު ބާތިލުކޮށް، މި ސްކޫލަށް ކޮމްޕިއުޓަރ ސިސްޓަމްތަކެއް ވިއްކާނެ ފަރާތެއް ހޯދުމަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މި ސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މި ސްކޫލްގެ މީޓިންގ ރޫމްގައެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
- މެއިލް މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުމަށް: ކުންފުނި/ފަރާތުގެ ނަން، ގުޅޭނެފަރާތުގެ ނަމާއި ކޮންޓެކްޓް ނަންބަރު، ހިމަނުއްވައި ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުމުން ރަޖިސްޓަރީ ކުރެވޭނެއެވެ.
- ރަޖިސްޓަރީ ކުރައްވާ މެއިލް އެޑްރެހަށް މިމަސައްކަތާގުޅޭ މައުލޫމާތުޝީޓު މެއިލްކުރެވޭނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޣާޒީ ސްކޫލް، ހުޅުމާލެ
- ފޯން: 3350733
- · އީ-މެއިލް: [email protected]
# |
ތަފުސީލު |
ތާރީޚު |
ގަޑި |
1 |
ރަޖިސްޓަރީކުރުމާއި މައުލޫމާތު ސާފުކުރުން |
02 މާރިޗް 2020 (ހޯމަ) ދުވަހު ހެނދުނު 08:00 އިން 05 މާރިޗް 2020 (ބުރާސްފަތި) ދުވަހު މެންދުރުފަހު 13:30 އަށް |
|
3 |
އަންދާސީހިސާބު ހުށަހެޅުން |
09 މާރިޗް 2020 (ހޯމަ) |
ހެނދުނު 11:00 |