ދިވެހިރާއްޖެ
މި ސްކޫލުގައި ބާއްވާ 4 ދުވަހުގެ ވާރކްޝޮޕަކަށް އަމިއްލަ ތަކެތީގައި ކާބޯތަކެތި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
- މެއިލް މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުމަށް: ކުންފުނި/ފަރާތުގެ ނަން، ގުޅޭނެފަރާތުގެ ނަމާއި ކޮންޓެކްޓް ނަންބަރު، ހިމަނުއްވައި ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުމުން ރަޖިސްޓަރީ ކުރެވޭނެއެވެ.
- މި މަސައްކަތާބެހޭ ބީލަންފޮތް މި އިޢުލާނާއެކު ޝާއިޢުކުރެވިފައި އެވަނީއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޣާޒީ ސްކޫލް، ހުޅުމާލެ
- ފޯން: 3350733
- އީ-މެއިލް: [email protected]
# |
ތަފުސީލު |
ތާރީޚު |
ގަޑި |
1 |
ރަޖިސްޓަރީކުރުން |
02 މާރިޗް 2020 (ހޯމަ) ދުވަހު ހެނދުނު 08:00 އިން 05 މާރިޗް 2020 (ބުރާސްފަތި) ދުވަހު މެންދުރުފަހު 13:30 އަށް |
|
2 |
މައުލޫމާތު ދިނުން |
08 މާރިޗް 2020 (އާދީއްތަ) |
ހެނދުނު 11:00 |
3 |
އަންދާސީހިސާބު ހުށަހެޅުން |
11 މާރިޗް 2020 (ބުދަ) |
ހެނދުނު 11:00 |
01 މާރިޗް 2020