ދިވެހިރާއްޖެ
`
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ބ. ކަމަދޫ ، ދިވެހިރާއްޖެ.
Secretariat of the South MaalhosmaduluKamadhoo Council
Baa.kamadhoo,Rep.Of Maldives
ނަންބަރ: (IUL)314/INDIV/2020/9
އިޢުލާން
ވަޒީފާގެ ފުރުޞަތު
މަޤާމް : މަސައްކަތު
މަޤާމްގެ ނަންބަރ: J-307430
ބޭނުންވާ އަދަދު : 01
ރޭންކް : އެސް.އެސް 1 (ސަޕޯޓް ސަރވިސް 1)
ކްލެސިފިކޭޝަން : ސަޕޯޓް ސްޓާފް ގުރޭޑް 1
އޮފީސް / އިދާރާ : މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ސެކްޝަން : އިކޮނޮމިކް އެންޑް މުނިސިޕަލް ސަރވިސް
ވަޒީފާ އަދާކުރަންޖެހޭ ތަން : ކަމަދޫ މަސްޖިދުއް ސިޔާދަތު
މުސާރަ : -/3100 ރުފިޔާ
ސަރވިސް އެލަވަންސް : -/1000 ރުފިޔާ
ސަޕޯޓިންގ ކޯ އެލަވަންސް: -/1200 ރުފިޔާ
އެހެނިހެން އެލަވަންސްތައް:
1. 01. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
02. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
03. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
- މަޤާމްގެ ޝަރުތު: ލިޔަންކިޔަން އެގުން
- ނޯޓް:
- ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދައްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭއިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް :
1- ކޮންމެ ނަމާދެއްގެ 15 މިނިޓް ކުރިން މިސްކިތްތެރެ ފޮޅާ ސާފުކުރުން.
2- މިސްކިތު ގޯތިތެރެއާއި ވަށައިގެންވާ މަގުތައް ހަމަޖެހިފައިވާ އުޞޫލެއްގެ ދަށުން ކުނިކަހާ ކުނިތައް ނައްތާލުމުގެ މަސައްކަތްކުރުން.
3- މިސްކިތުގެ ދޮރާއި ދޮރުފަތްތަކާއި ހޮޅިބުރި، ފަންކާ، ކަބަޑުތައް ސާފުކުރުމާއި، ހޮޅިބުރި، ފަންކާ، ބޮކިތައް ހަމަޖެހިފައިވާ އުޞޫލަކުން ދިއްލާ ނިއްވުން.
4- މިސްކިތު ފާހާނާއާއި، އިސްކޫރުބަރި ދޮވެ ސާފުކުރުމާއި، ވަޅުދިޔަ ހިއްކާ ބެލެހެއްޓުން.
5- އެއަރކޮންޑިޝަން ޖެއްސުމާއި ނިއްވާލުމާއި، ސާފުކުރުމާއި، ކާޕެޓްތައް ސާފުކުރުން.
ވަޒީފާއާއި ގުޅޭ ދާއިރާތައް:
ފޮޅާސާފުކުރުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
1.ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު (އެޕްލިކޭޝަން ފޯމު މިކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ.)
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
5. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކެޗަން އޮތޯރިޓީން ފެންވަރު ނުވަތަ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ؛
(ށ) މަތީ ތަޢްލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްސްކްރިޕްޓްތަކުގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.
7.ސިވިލްސަރވިސްގެ ވަޒީފާޔަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
8. މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ؛
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފެރަންސް ޗެކްފޯމް.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
- ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި 08 މާރޗް 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލް އިދާރާޔަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާޔަށް އެދޭ ފޯމާއި، ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެށް ބަލައިގަނެވޭނެއެވެ. އަދި އިޢްލާނުގެ ސުންގަޑި ހަމަވުމުގެ ކުރީން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 10 މާރިޗް 2020 އާއި 16 މާރިޗް 2020 އާ ދެމެދު ކަމަދޫ ކައުންސިލް އިދާރާގައެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5ދުވަހުގެ
ގޮތުގެ ޝީޓް A2) ފޯމް) އާންމުކުރުން: ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް
ލިބުނު ގޮތުގެ ޝީޓް (A2 ފޯމް " އާންމުކޮށް ފެންނާނޭހެން މިއިދާރާގެ ނޯޓިސްބޯޑުގައި އާއްމުކުރެވޭނެއެވެ.
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ
ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި
އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަން ވާނެއެވެ.
މިއިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600051 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
02 ރަޖަބު 1441
26 ފެބްރުއަރީ 2020
=މާޅޮސްމަޑުލުދެކުނުބުރީ ކަމަދޫ ކައުންސިލް އިދާރާ=