މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

އިނިޝިއޭޓިވް ފޯރ ކްލައިމެޓް އެކްޝަން ޓްރާންސްޕޭރެންސީ (އައިކެޓް)

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް (އެމް.އީ) އިން ޔުނައިޓެޑް ނޭޝަންސް އެންވަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ޑީ.ޓީ.ޔޫ ޕާރޓްނާޝިޕް އާއި ގުޅިގެން 'އިނިޝިއޭޓިވް ފޯރ ކްލައިމެޓް އެކްޝަން ޓްރާންސްޕޭރެންސީ (އައިކެޓް)' ނަމުގައި ދަނީ މަޝްރޫޢު އެއް ހިންގަމުންނެވެ.  މި މަޝްރޫޢު އެޑްމިނިސްޓަރ ކުރަމުން ގެންދަނީ ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯރ ޕޮރޮޖެކްޓްސް ސާރވިސަސް (ޔުނޮޕްސް) އެވެ. މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ރާއްޖެއިން ތައްޔާރުކުރާ ނެޝަނަލް ކޮމިއުނިކޭޝަންސް އަދި ބައިއަނިއަލް އަޕްޑޭޓް ރިޕޯރޓްތައް ތައްޔާކުރުމަށް ބޭނުންވާ ގްރީން ހައުސް ގޭސް އިންވެންޓްރީގައި ހިމެނޭ ކުނީގެ ސަބަބުން ޖައްވަ ބޭރުވާ ވިހަގޭސްތަކުގެ މައުލޫމާތު އެއްކޮށް އެމަސައްކަތް ހަރުދަނާ ކުރުމެވެ.

މިދެންނެވުނު މަޝްރޫޢު ދަށުން ރާއްޖޭގެ ކުނީގެ ހާލަތު ބަޔާން ކުރާ ރިޕޯޓަކާއި، ކުނީގެ މައުލޫމާތު އެއްކުރެވޭ އުސޫލާއި މިންގަނޑުތައް ފަރުމާކުރުމާއި، ރާއްޖޭގެ 20 ރަށެއްގައި ހަފްތާގެ މުއްދަތަށް ވޭސްޓް އޮޑިޓް ތައްޔާރުކޮށް ދިނުމަށް ކޮންސަލްޓެންސީ ފާރމެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިއުލާނާއެކު ހިމެނިފައިވާ ޓާރމްސް އޮފް ރެފަރެންސްގައިވާ ޝަރުތުތައް ސާބިތުވާނެ ފަދަ މައުލޫމާތު ހުށަހަޅަން ވާނެއެވެ. މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސް މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ހުށަހަޅަށްޖެހޭ ތަކެތި:

  • އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (ސިޓީ)
  • ކޮންސަލްޓަންޓްސްގެ ވަނަވަރު
  • ކުންފުނީގެ ޕްރޮފައިލް
  • ދިވެހި ރާއްޖޭގައި ރެޖެސްޓަރ ކުރެވިފައިވާ ދިވެހި ކުންފުނިއެއް ކަމުގައި ވުން
  • ކޮންސަލްޓެންސީ ރަޖިސްޓްރޭޝަން ( މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓްސްޓް ކުރެވިފައިވާ ކޮޕީ
  • ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ރެފަރެންސް ސިޓީ
  • މަސައްކަތުގެ އަގު

 ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 10 މާރިޗް 2020  ވާ އަންގާރަ ދުވަހު 10:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 05 މާރިޗް 2020  ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

މަޝްރޫޢުގެ ނަން: އިނިޝިއޭޓިވް ފޯރ ކްލައިމެޓް އެކްޝަން ޓްރާންސްޕޭރެންސީ

 އިޢުލާނު ނަންބަރު: IUL)438-CCD/438/2020/64)

 

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.


 

01 މާރިޗު 2020
ހޯދާ