ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ހޯނޑެއްދޫގައި ޢިމާރާތްކޮށްފައިވާ 40 ހައުސިންގ ޔުނިޓުގެ ތެރެއިން މިހާތަނަށް ޙަވާލުނުކުރެވި ބާކީހުރި 06 ޔުނިޓާއިގުޅޭ؛

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ގދ.ހޯނޑެއްދޫގައި ޢިމާރާތްކޮށްފައިވާ 40 ހައުސިންގ ޔުނިޓުގެ ތެރެއިން މިހާތަނަށް ޙަވާލުނުކުރެވި ބާކީހުރި 06 ޔުނިޓް އޭގެ ޙައްޤުވެރި ފަރާތްތަކާއި ޙަވާލުކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އިން ބޭނުންވެއެވެ.

މިހާތަނަށް އެގްރިމަންޓުގައި ސޮއިނުކޮށްހުރި ފަރާތްތަކުން ހައުސިންގ ޔުނިޓް އެއްބަސްވުމުގައި ސޮއި ކުރުމުގެ އެންމެފަހު ތާރީޚަކީ 2020 މާރިޗު 15 ވަނަ ދުވަސް ކަމަށާއި، މިމުއްދަތުގެ ތެރޭގައި ސޮއި ނުކުރާ ހައުސިންގ ޔުނިޓުތައް ހިމެނިގެންދާނީ ބޭނުންނުވާ ޔުނިޓުތަކެއްގެ ގޮތުގައިކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓްގެ ނަންބަރު 138-GS4/417/2020/7 (11 ފެބުރުވަރީ 2020) ސިޓީން މިއިދާރާއަށް އަންގަވާފައިވާތީ ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

25 ފެބުރުވަރީ 2020
ހޯދާ