މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ޕީވީ-ޑީސަލް-ހައިބްރިޑް ގްރިޑް މަސައްކަތް ކުރުމަށް ބޭނުންވާ ބެޓަރީ ނިޡާމު އަދި އެނަރޖީ މެނޭޖްމަންޓް ސިސްޓަމްތައް ގާއިމުކުރުމުގައި މިނިސްޓްރީއަށް ބޭނުންވާ ފަންނީ ލަފާ އެރުވުމާއި މިކަމާއި ގުޅޭ އެއްމެހާ މަސައްކަތްތަކަށް އެހީތެރިވުމަށް އޯނާރސް އިންޖިނިއަރެއް ހޯދުމަށް

 

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު   

 

އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓް

SCF Grant No.: TF017182

 

 

ޕީވީ-ޑީސަލް-ހައިބްރިޑް ގްރިޑް މަސައްކަތް ކުރުމަށް ބޭނުންވާ ބެޓަރީ ނިޡާމު އަދި އެނަރޖީ މެނޭޖްމަންޓް ސިސްޓަމްތައް ގާއިމުކުރުމުގައި މިނިސްޓްރީއަށް ބޭނުންވާ ފަންނީ ލަފާ އެރުވުމާއި މިކަމާއި ގުޅޭ އެއްމެހާ މަސައްކަތްތަކަށް އެހީތެރިވުމަށް އޯނާރސް އިންޖިނިއަރެއް ހޯދުން

IFB No.: 002/017182

 

 

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާއި ގުޅިގެން ސްޓްރެޓެޖިކް ކްލައިމެޓް ފަންޑްގެ ދަށުން ހިންގާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ތެރެއިން ޕީވީ-ޑީސަލް-ހައިބްރިޑް ގްރިޑް މަސައްކަތް ކުރުމަށް ބޭނުންވާ ބެޓަރީ ނިޡާމު އަދި އެނަރޖީ މެނޭޖްމަންޓް ސިސްޓަމްތައް ގާއިމުކުރުމުގައި މިނިސްޓްރީއަށް ބޭނުންވާ ފަންނީ ލަފާ އެރުވުމާއި މިކަމާއި ގުޅޭ އެއްމެހާ މަސައްކަތްތަކަށް އެހީތެރިވުމަށް އޯނާރސް އިންޖިނިއަރެއް ހޯދުމަށް ބޭނުންވެއެވެ. 

 

އެރައިސް މަޝްރޫޢުގެ ދަށުން އެސްޕަޔަރ މަޝްރޫޢިން ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ރާއްޖޭގައި ބޭނުންކުރާ އިއާދަ ކުރަނިވި ހަކަތަ އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް އިތުރު  މަސައްކަތްތައް ކޮށް، ރަށްރަށުގެ ކަރަންޓު ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއިއެކު ހަކަތަ ރައްކާކުރެވޭ ބެޓަރީ ނިޒާމުތައް ގާއިމު ކުރުމަށް ރާވާފައިވެއެވެ. އެރައިސް މަޝްރޫޢޫ ކުރިއަށްދާނީ އެސްޕަޔަރ މަޝްރޫޢުގެ މަސައްކަތްތައް ހިންގުމުގެ ގޮތުން މި މިނިސްޓްރީގައި ގާއިމުކޮށްފައިވާ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓުންނެވެ.

 

އޯނާރސް އިންޖިނިއަރގެ މައިގަނޑު މަސައްކަތަކީ ފުރިހަމަ ގޮތުގައި ސޯލާ ޕީވީ-ޑީސަލް-ހައިބްރިޑް ގްރިޑް މަސައްކަތް ކުރުމަށް ބޭނުންވާ ބެޓަރީ ނިޡާމު އަދި އެނަރޖީ މެނޭޖްމަންޓް ސިސްޓަމްތައް ގާއިމުކުރުމުގައި މިނިސްޓްރީއަށް ބޭނުންވާ ފަންނީ ލަފާ އެރުވުމާއި މިކަމާއި ގުޅޭ އެއްމެހާ މަސައްކަތްތަކަށް އެހީތެރިވުމެވެ. މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސްގައި މަސައްކަތާއި ގުޅޭ އިތުރު ތަފްސީލް އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަވާ ޝަރުތުތައް ހިމެނިފައިވާނެއެވެ. 

 

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ކޮންސަލްޓަންޓިންގް އެޖެންސީތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ އެދިލެއްވުމުގެ މަތިން ހުޅުވާލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ޓީ.އޯ.އާރުގައި ބަޔާންކޮށްފައިވާ ފަދައިން ކުރީގައި ހިންގާފައިވާ މިފަދަ ޕްރޮގްރާމްތަކާއި ބެހޭ ތަފްސީލް، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި އަދި އެހެނިހެން މުހިންމު މައުލޫމާތު ހުށަހަޅަންވާނެއެވެ. 

 

ކޮންސަލްޓަންސީ ފާރމްތަކުގެ ޤާބިލުކަށް އިތުރުކުރުމުގެ ގޮތުން އެހެނިހެން ފާރމްތަކާއި ގުޅިގެން ޖޮއިންޓް ވެނޗަރއެއް ނުވަތަ ސަބް-ކޮންސަލްޓަންސީ އެއްގެގޮތުގައި ޝައުގުވެރިކަން ފާޅުކުރެވޭނެއެވެ. 

 

މިމަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ވޯލްޑްބޭންކް ގައިޑްލައިންސް: IBRD ލޯން، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ކޮންސަލްޓަންޓް ހޮވުމަށް ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިސްލާހުކޮށްފައިވާ CQS އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތުހަމަވާ ހުރިހާ ފަރަތްތަކަށް ހުޅުވާލެވިގެނެވެ.

 

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 0800 އިން 1400 އަށް ލިބިވަޑައިގަންނަވާނެވެ.

 

ވީމާ ޝައުޤުވެރިވާ ފަރާތްތަކުން 2020 މާރޗް 19 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން،  "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

ފާތިމަތު ރިޝްފާ އަހުމަދު

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : +960 3349102

އީމެއިލް : [email protected]

ކޮޕީ  : [email protected]

27 ފެބުރުވަރީ 2020
ހޯދާ