މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ޓެކްސް ރޫލިންގ

މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް: ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އިންޕުޓް ޓެކްސް އުނިކުރުން

މިއީ ޤާނޫނު ނަންބަރު 2011 /14 މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 2010/3  (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގ އެކެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީގޮތުން ލާޒިމުކުރެއެވެ.

ތަޢާރުފް

  1. މި ރޫލިންގގައި ބަޔާންކޮށްފައިވާނީ މި ރޫލިންގއަށް ޢަމަލުކުރަން ފަށާ ދުވަހުގެ ފަހުން ޤާނޫނު ނަންބަރު 2010/19 (ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ("ޓީ.ޖީ.އެސް.ޓީ ޤާނޫނު") ގެ ދަށުން އިންޕުޓް ޓެކްސް އުނިކުރެވޭނެ އުސޫލެވެ.
  2. ގަވާއިދު ނަންބަރު 2010/R-16 (ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) ("ޓީ.ޖީ.އެސް.ޓީ ގަވާއިދު") ގެ 20 ވަނަ މާއްދާގެ (ރ) ގައި ވަނީ:

                 "ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ދޭ ޚިދުމަތަކީ ރަޖިސްޓަރީކޮށްފައިވާ އެހެން ފަރާތަކުން ގަތުމަށްފަހު ފޯރުވައިދޭ ޚިދުމަތެއްނަމަ، އެ ޚިދުމަތަކާ ގުޅިގެން އެމް.އައި.އާރ.އޭ އަށް ޓެކްސް ދައްކާނީ އެ ފަރާތަކުން ދައްކަންޖެހޭ އައުޓްޕުޓް ޓެކުހުގެ އަދަދުން އިންޕުޓް ޓެކުހުގެ އަދަދު އުނިކުރުމަށްފަހުއެވެ."

     3.  ޓީ.ޖީ.އެސް.ޓީ ގަވާއިދުގެ 48 ވަނަ މާއްދާގެ (ށ) ގައި ވަނީ:

                 "ކުރީގެ ޓެކްސް ބަޔާނެއްގައި ހިމެނިފައިވާ ޓެކްސްގެ އަދަދަށް އަސަރުކުރާފަދަ ކުށެއް ރަޖިސްޓަރީކޮށްފައިވާ ފަރާތަށް ފާހަގަކުރެވިއްޖެނަމަ، އެ ކުށެއް ފާހަގަކުރެވުނު ޓެކްސްގެ މުއްދަތުގައި، ރަޖިސްޓަރީކޮށްފައިވާ ފަރާތުން އަމިއްލައަށް އެ ކުށް އިޞްލާޙުކުރެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާނަމައެވެ.

                 (1)   ފާހަގަކުރެވުނު ކުށް ނިސްބަތްވާ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ތާރީޚުން ފެށިގެން 6 މަސްދުވަސް ފާއިތުވެފައި ނުވާނަމަ..."

     4.  ޓީ.ޖީ.އެސް.ޓީ ގަވާއިދުގެ 49 ވަނަ މާއްދާގައި ވަނީ:

                 "(ހ)  މި ގަވާއިދުގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަ ނުވާނަމަ، ކުރީގެ ޓެކްސް ބަޔާނެއްގައި ހިމެނިފައިވާ ޓެކްސްގެ އަދަދަށް އަސަރުކުރާފަދަ ކުށެއް، ރަޖިސްޓަރީކޮށްފައިވާ ފަރާތަށް އަމިއްލައަށް އިޞްލާޙެއް ނުކުރެވޭނެއެވެ.

                  (ށ)   ރަޖިސްޓަރީކޮށްފައިވާ ފަރާތުން ހުށަހަޅާފައިވާ ޓެކްސް ބަޔާނެއް ނުވަތަ ބަޔާންތަކެއްގައި ޓެކްސްގެ އަދަދަށް އަސަރުކުރާފަދަ ކުށެއް ހިމެނިފައިވާކަން އެ ފަރާތަށް ފާހަގަ ކުރެވިއްޖެނަމަ، އަދި އެ ކުށަކީ މި ގަވާއިދުގެ 48 ވަނަ މާއްދާގެ ދަށުން އިޞްލާޙުކުރެވޭފަދަ ކުށަކަށް ނުވާނަމަ، އެ ކުށް އިޞްލާޙުކުރަންވާނީ ކޮމިޝަނަރ ޖެނެރަލް އަށް ލިޔުމުން އެކަން ހުށަހެޅުމުން، ކޮމިޝަނަރ ޖެނެރަލް އަންގާ ގޮތެއްގެމަތިން އަދި އަންގާ މުއްދަތެއްގެ ތެރޭގައެވެ.

                  (ނ)  ޓެކްސްގެ އަދަދަށް އަސަރުކުރާފަދަ ކުށެއްގެ ސަބަބުން ޓެކްސްގެ ގޮތުގައި އިތުރަށް ދެއްކިފައިވާ އަދަދު، ދައްކަންޖެހޭ ޓެކުހުގެ އަދަދުން އުނިކުރުމުގެ ހުއްދައަށް އެދި ކޮމިޝަނަރ ޖެނެރަލް އަށް ހުށަހަޅާއިރު، ރަޖިސްޓަރީކޮށްފައިވާ ފަރާތުގައި ހުރި ކިތާބީ ހެތްކަށް ރިޢާޔަތްކުރުމާއެކު، އުނިކުރުމަށް އެދޭ އަދަދާއި އެ އަދަދު ހިސާބުކުރެވުނު ގޮތުގެ ތަފުސީލު ހިމަނަންވާނެއެވެ. އަދި މިފަދައިން އިތުރަށް ދެއްކިފައިވާ ޓެކްސް އަޅައިކެނޑޭނެ ގޮތަކީ، ކޮމިޝަނަރ ޖެނެރަލްގެ ހުއްދައާއެކު، ކުރިއަށް ހުރި ޓެކްސްގެ މުއްދަތުތަކުގައި ދައްކަންޖެހޭ ޓެކްސްގެ އަދަދުން އުނިކޮށްގެންނެވެ."

ރޫލިންގ

     5.  މި ރޫލިންގއަށް ޢަމަލުކުރަން ފަށާ ދުވަހުގެ ފަހުން، ޓީ.ޖީ.އެސް.ޓީ ޤާނޫނުގެ ދަށުން ދޫކޮށްފައިވާ ޓެކްސް އިންވޮއިސްއަކާ ގުޅިގެން ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން އިންޕުޓް ޓެކްސް އުނިކުރަން އެދޭނަމަ، މި ރޫލިންގގެ އެނެކްސް 1 ގައިވާ ފޯމެޓާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސްޓޭޓްމަންޓަކާއި އެ ޓެކްސް އިންވޮއިސް ނުވަތަ ޓެކްސް އިންވޮއިސްތަކާއެކު، 30 ޖޫން 2013 ގައި ނުވަތަ އޭގެ ކުރިން ކޮމިޝަނަރ ޖެނެރަލަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

     6.  މި ރޫލިންގއަށް ޢަމަލުކުރަން ފަށާ ދުވަހުގެ ފަހުން، މި ރޫލިންގގެ 5 ވަނަ ޕެރެގްރާފްގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ކޮމިޝަނަރ ޖެނެރަލް ލިޔުމުން ދޭ ހުއްދައަކާނުލައި، ޓީ.ޖީ.އެސް.ޓީ ޤާނޫނުގެ ދަށުން ދޫކޮށްފައިވާ ޓެކްސް އިންވޮއިސްއަކާ ގުޅިގެން ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން އިންޕުޓް ޓެކްސް އުނިކޮށްގެން ނުވާނެއެވެ.

ޢަމަލުކުރަން ފެށުން

     7.  މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ ރޫލިންގ ނެރޭ ތާރީޚުން ފެށިގެންނެވެ.

 

އެނެކްސް 1

ޓިން:

ޓެކްސް ދައްކާ ފަރާތުގެ ނަން:

ނަންބަރު

މުދާ/ޚިދުމަތް ފޯރުވައިދޭ ފަރާތް

ޖީ.އެސް.ޓީ ނެގޭ އަދަދު

ޖީ.އެސް.ޓީ

ޓިން

ނަން

އިންވޮއިސް ނަންބަރު

އިންވޮއިސްގެ ތާރީޚު

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ޖުމުލަ

 

 

06 މޭ 2013
ހޯދާ