މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަގު ކޮމިޓީގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުން

މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ މެޖިސްޓްރޭޓް ކޯޓު

ނ .  ހޮޅުދޫ

ދިވެހިރާއްޖެ،

އިޢުލާން

މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ތަންތަނާއި ތަކެތީގެ ޝަރުޢީ އަގު ކަނޑައަޅަންޖެހޭ ޙާލަތްތަކުގައި އެތަންތަނާއި ތަކެތީގެ އަގު ކުރުމަށް ޝަރުޢީ އަގުކޮމިޓީއެއް ކަނޑައެޅުމަށްޓަކައި އަގުކޮމިޓީގެ މެމްބަރުންގެ ދަފްތަރެއް (މަދުވެގެން 3 މެމްބަރުން ހިމެނޭގޮތަށް) އެކުލަވާލަން ބޭނުންވެއެވެ. މިގޮތުން އަގުކުރަންޖެހޭ ޙާލަތުގައި ކަނޑައެޅޭ އަގުކޮމިޓީގެ މެމްބަރުންނަށް އަގުކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ކޮންމެ ދުވަހަކަށް ކޮންމެ މެމްބަރަކަށް ދުވާލަކަށް -/300 (ތިންސަތޭކަ) ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

ވީމާ މިކަމުގެ ފަންނީ ޤާބިލްކަންހުރި ޢުމުރުން 18 އަހަރުންމަތީގެ ފަރާތްތަކުން   08 މާރިޗު 2020 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިކަމަށް އެދި ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި އައިޑީކާޑުގެ ކޮޕީއެއް ހުށަހެޅުމާއެކު ހުށަހަޅާ ލިޔުމުގައި އެމީހެއްގެ ނަމާއި، އެޑްރެހާއި، އައިޑީ ކާޑު ނަންބަރާއި އުފަން ތާރީޚް (ޢުމުރު)، ތަޢުލީމީ ފެންވަރާއި އަދި ވަޒީފާއެއް އަދާކުރާނަމަ އަދާކުރާ ވަޒީފާއާއި ވަޒީފާ އަދާކުރާ ތަނުގެ އެޑްރެސް ހިމަނަންވާނެއެވެ.

03 ރަޖަބު 1441

27 ފެބުރުވަރީ 2020
ހޯދާ