ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލްގެ ޤުރުއާން އޮޑިޝަން ހޯސްޓްކުރުމާއިބެހޭ
1441 ވަނަ އަހަރު ހަނިމާދޫ ކައުންސިލުން ބާއްވާ ޤުރުއާން އޮޑިޝަން، ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުންކުރި ނަންބަރ: (IUL) 258/2020/03 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަށް ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް އަލުން، ޤުރުޢާން އޮޑިޝަން ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ޤުރުއާން އޮޑިޝަން ހޯސްޓްކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 01 މާރިޗް 2020 އިން 05 މާރިޗް 2020 ވަނަ ދުވަހުގެ 10:00 އާއިހަމައަށް ނަން ނޯޓް ކުރުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. އަދި ދަންނަވަމެވެ. ނަން ނޯޓް ކުރުމުގެ އިންތިޒާމް ހަނިމާދޫ ކައުންސިލްގެ ރިސެޕްޝަންގައި ހަމަޖެހިފައިވާނެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ނަންނޯޓް ކުރާފަރާތްތަކަށް ހަނިމާދޫ ކައުންސިލްގެ ޤުރުއާން އޮޑިޝަން ހޯސްޓްކުރުމާއިބެހޭ މަޢުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެއެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
ޕްރޮޕޯސަލް ހުށަހެޅުމާއި ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2020 މާރިޗް 08 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމްގައެވެ. މިކަމަށްއެދި ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި ރަޖިސްޓްރީ ކުރެވިފައިވާ ކްލަބް ޖަމިއްޔާ ތަކަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.