މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އަށް ކޮމްޕިޔުޓަރ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އަށް ކޮމްޕިޔުޓަރ ސާމާނު އާ ގުޅުންހުރި ސާމާނު ހޯދުމަށް ބޭނުންވާތީ މި އޮތޯރިޓީން ދޭ ސްޕެސިފިކޭޝަން އާ އެއްގޮތަށް މި ސާމާނު ހޯދާދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (ވެލާނާގޭ 02 ވަނަފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (ވެލާނާގޭ 02 ވަނަފަންގިފިލާ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ބަޖެޓް އެންޑް ފައިނޭންސް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

 

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

2020 މާރިޗު 02 ވަނަ ދުވަހުގެ 10:00 ށް

2020 މާރިޗް 11 ވަނަ ދުވަހުގެ 10:00 ށް

 

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3026667, 3026654  ނަމްބަރ ފޯނާއެވެ.

03 ރަޖަބު 1421

27 ފެބުރުވަރީ 2020
ހޯދާ