އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ޖޫރިމަނާ ކުރުން

ނަންބަރު: PR)203-WTR/1/2020/2 

ނޫސް ބަޔާން

ކ. ހިންމަފުށި އަދި ކ. ތުލުސްދޫގައި ނަރުދަމާ ނިޒާމުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އޮޕަރޭޓިންގ ލައިސަންސަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިއެކިއުންތަކާއި އެކު މި އެޖެންސީއަށް ހުށަހަޅާފައިވާތީ، ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މި ދެ ރަށުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމާއި، އެއާއި ގުޅުން ހުރި އާންމު ނަރުދަމާގެ ހިދުމަތްތައް ދިނުމާއިއެކު ލައިސަންސްގެ ޓަރމްތަކާއި ކޮންޑިޝަންތަކަށް އަމަލުކުރުމަށް ޝަރުތުކޮށް 2019 ނޮވެންބަރު 13 ވަނަ ދުވަހު ކ. ތުލުސްދޫއަށް އަދި 2019 ޑިސެންބަރު 02 ވަނަ ދުވަހު ކ. ހިންމަފުއްޓަށް އޮޕަރޭޓިންގ ލައިސަންސް ވަނީ ދޫކޮށްފައެވެ.

 

އޮޕަރޭޓިންގ ލައިސަންސަށް އެދޭ ފަރާތްތަކުން އޮޕަރޭޓިންގ ލައިސަންސަށް އެދި ހުށަހަޅަނީ އެ ނިޒާމަކާއި ހަވާލުވެ، ހިންގާ ބެލެހެއްޓުމަށް ތައްޔާރުވުމަށްފަހުގައި ކަމަށްވާތީ އޮޕަރޭޓިންގ ލައިސަންސް ލިބުމަށްފަހު އޮޕަރޭޓިންގ ލައިސަންސްގައި ބަޔާންކޮށްފައިވާ ޓަރމްތަކާއި ކޮންޑިޝަންތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ލައިސަންސް ދޫކުރާ ދުވަހުން ފެށިގެން ލައިސަންސްގެ މުއްދަތުގެ ތެރޭގައި އެ ނިޒާމެއްގެ ހިދުމަތްތަކާއި އެ ނިޒާމާއި ގުޅިފައިވާ އެންމެހާ ފެސިލިޓީތައް އެންމެ އެކަށީގެންވާ ގޮތުގައި އޮޕަރޭޓްކޮށް މެއިންޓެއިންކުރުމަކީ ލައިސަންސްގައި ބަޔާންކޮށްފައިވާ ފަދައިން ލައިސަންސް ލިބިފައިވާ ފަރާތުގެ ޒިންމާއެކެވެ.

ނަމަވެސް މިއަދާއި ހަމައަށް ސްޓެލްކޯއިން މި ދެ ރަށުގައިވެސް ނަރުދަމާގެ ހިދުމަތް ދޭން ފަށާފައި ނުވާތީ ކ. ހިންމަފުށި އަދި ކ. ތުލުސްދޫގައި އާންމު ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދޫކޮށްފައިވާ އޮޕަރޭޓިންގ ލައިސަންސްތަކުގެ ދަށުން ކޮންމެހެން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތު އަދާކޮށްފައިނުވާކަމަށް ކަނޑައަޅައި، އާންމު ބޭނުންތަކުގެ ހިދުމަތްތަކާއި ބެހޭ ގާނޫނު، ގާނޫނު ނަންބަރު: 96/4 ގެ ދަށުން 5000 (ފަސްހާސް) ދިވެހި ރުފިޔާއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ވަނީ 2020 ފެބުރުވަރީ 23 ގައި ޖޫރިމަނާ ކުރެވިފައެވެ.

 

 

 

27 ފެބުރުވަރީ 2020

27 ފެބުރުވަރީ 2020
ހޯދާ