ދިވެހިރާއްޖެ
މިކައުންސިލަށް ބައެއް ތަކެތި ގަންނަން ބޭނުންވެއްޖެ
މިކައުންސިލްގެ ބަލުމުގެ ދަށުގައިވާ މަގުބައްތިތަށް މަރާމަތުކޮށް ބެލެހެއްޓުމަށްޓަކައި ބައެއް ތަކެތި ގަނެގެން ގެނެސްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ކައުންސިލްގެ ނަންބަރު (IUL) 258/2020/06 އިއުލާނުގައި މައްސަލަތަކެއް އުޅޭތީ އެއިއުލާން ބާތިލްކޮށް އެތަކެތި އަލުން ގަނެގެން ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ގަންނަން ބޭނުންވާ ތަކެތި
- 45 މަގުބައްތި (ލެޑްލައިޓް) 50 ވޯޓް
- 40 ފޮޓޯސެލް
- 40 ސިންގަލް ސަރކިޓް (6 އެމްޕަޔަރ)
- 15 އީ.އެލް.ސީ.ބީ (ޓޫ ޕޯލް) 40 އެމްޕަޔަރ
- 50 އެނާޖީ ސޭވިންގ ބޮކި (50 ވޯޓް)
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2020 މާރިޗް 01 އިން 2020 މާރިޗް 05 ގެ 13:00 ކުރިން "ބީލަމްގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މިކައުންސިލަށް އީމެއިލް މެދުވެރިކޮށް ނުވަތަ މިކައުންސިލަށް ވަޑައިގެން ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި "ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް" ފުރިހަމަކޮށް ފޮނުވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް މިމަސައްކަތުގެ މަޢުލޫމާތު ޝީޓް ފޯރުކޮށް ދެވޭނެއެވެ. "ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް" މިއިޢުލާނާއިއެކު އެޓޭޗް ކުރެވިފައި އެވެނީއެވެ.
ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 މާރިޗް 08 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމްގައެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.