ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިނެގުމުގެ ޚިދުމަތަށް އެދުމުގެ ފުރުސަތު ހުޅުވާލުން.

މި ކައުންސިލުން ކުރިޔަށް ގެންދާ "ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ ޕްރޮޖެކްޓް" ގެ ދަށުން ރަށުގެ ގޭގެ، ފިހާރަ، ރެސްޓޯރެންޓް، އޮފީސްފަދަ ތަންތަނުގައި އުފެދޭ ކުނި ނަގައި ނައްތާލުމުގެ ޚިދުމަތް 1 އޭޕްރިލް 2020 ގައި ފެށުމަށް މި ކައުންސިލުން ވަނީ ނިންމައިފައެވެ. 1 އޭޕްރިލް 2020 އިން ފެށިގެން ލ. ގަމު ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ނޫން އެއްވެސް ތާކަށް ކުނި އުކުމަކީ މަނާކަމެކެވެ.

މި ކައުންސިލްގެ ކުނި އުކާލުމުގެ ޙިދުމަތް ހޯދުމަށްބޭނުންވާ ގޭބިސީ، ފިހާރަ، ގާޑިޔާ، ސައިހޮޓާ، ރެސްޓޯރެންޓް، ވަޑާންގެ، ވޯކްޝޮޕް، އޮފީސް، ސްކޫލް ފަދަތަންތަނުން އެ ޚިދުމަތަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ކުނި ނަގައި ދިނުމުގެ ފީގެ ތަފްސީލް

 

  1. ގޭ ބިސީ މަހަކަށް 150 ރުފިޔާ
  2. ސައި ހޮޓާ، ރެސްޓޯރެންޓް: މަހަކަށް 500 ރުފިޔާ
  3. ފިހާރަ ފަދަ ވިޔަފާރިތައް: މަހަކަށް 200
  4. ސަރުކާރު މުވައްސަސާތައް: މަހަކަށް 200 – 1000 ދެމެދު (ތަނުގައި އުފެދޭނެ ކުނީގެ ނިސްބަތުން)
  5. އަމިއްލަ އަށް ކުނި އުކާލާ ވަކިވަކި ގޭބިސީތަކުން ނަގާ ގޭޓް ފީ: ކުނި އުކާލާ ކޮންމެ ފަހަރަކު 5 ރުފިޔާ (މި ފީ ނަގަން ފެށުމުގެ ކުރިން އެކަން އަންގާ އިޢުލާން ކުރެވޭނެ)
  6. ވިޔަފާރި އުސޫލުން ގޭގެއިން ކުނި ނަގައިގެން ކުނި އުކާފަރާތްތަކުން ނަގާ ގޭޓް ފީ ކުނި އުކާލާ ކޮންމެ ފަހަރަކު 10 ރުފިޔާ. (މި ފީ ނަގަން ފެށުމުގެ ކުރިން އެކަން އަންގާ އިޢުލާން ކުރެވޭނެ)
  7. ގަހެއް ކަނޑައިގެން އުފެދޭ ގިނަ އަދަދެއްގެ ކުނި ފަދަކުނި އުކައި ދިނުމަށް ދަތުރަކަށް 100 ރުފިޔާ

 

ކުނިއުކާލުމުގެ ޙިދުމަތަށް ރަޖިސްޓްރީ ވުމަށް، ކުނިނެގުމުގެ "ހިދުމަތަށް އެދޭ ފޯމްW1 " ފުރުމަށްފަހު މި އިދާރާއަށް ހުށަހަޅެމަށް ދަންނަވަމެވެ. ކުނިއުކާލުމުގެ ޙިދުމަތަށް އެދޭ ފޯމް މި އިދާރާގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބެންހުންނާނެއެވެ. ކުނިއުކާލުމުގެ ޚިދުމަތަށް ރަޖިސްޓުރީ ކުރުމަށް ރަޖިސްޓްރޭސަން ފީއެއްގެ ގޮތުގައި 50 ރުފިޔާ ނެގޭނެއެވެ.

27 ފެބުރުވަރީ 2020
ހޯދާ