ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިނާއީ ސަރަހައްދުން ފައިބަރު މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރުން

ފ.ބިލެތްދޫ ކައުންސިލްގެ 2020 ވަނަ އަހަރުގެ 3 ވަނައާއްމު ޖަލްސާގައި ނިންމާފައިވާ ގޮތުގެ މަތިން، ފ.ބިލެތްދޫ ސިނާއީ ސަރަހައްދުން ފައިބަރު މަސައްކަތް ކުރާނެ އިތުރު ބިމެއް ކުއްޔައްދޫކުރުމައް މިކައުންސިލްއިން ނިންމާފައިވާތީ މިކަން ޢާއްމުކޮށް އަންގާއިޢުލާނުކުރަމެވެ. ކުއްޔައް ދުކުރުމަށް ހަމަޖެހިފައިވާ ބިމުގެ ބޮޑުމިނަކީ 2378.22 އަކަފޫޓެވެ.  

ވީމާ ފައިބަރު މަސައްކަތްކުރުމަށް ބިން ކުއަޔަށް ނެންގެވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 4 މާރިޗް ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރައްވާ ފަރާތްތަކުން [email protected] އަށް ފޮނުއްވައި ނަންނޯޓުކުރެއްވުން އެދެމެވެ. އަދި ފޯނުންނަމަ ރަސްމީގަޑީގައި 6740013 ނަންބަރަށް ގުޅުއްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. ޕްރީ ބިޑް މީޓިން އޮންނާނީ 5 މާރިޗް  ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ބިލެތްދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައެވެ. ޕްރީ ބިޑް މީޓިންގައި ބައިވެރިވެވޭނީ މި އިދާރާގައި މިކަމަށް އެދި ނަންނޯޓުކުރެވިފައިވާ ފަރާތްތަކަށެވެ. ޕްރީ ބިޑްމީޓިންގައި ބީލަންފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ -/500 ރުފިޔާއަށެވެ. ބީލަން ހުޅުވުން އޮންނާނީ 9 މާރިޗް 2020 ވާ ހޯމަ ދުވަހުގެ 10:00 ގައި ބިލެތްދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައެވެ.

ތިރީގައިމިވާ ހާލަތްތަކުގައި ބީލަން ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ ބީލަން ސިޓީ

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ ބީލަން ސިޓީ

   - ގަޑިޖެހުމަށްފަހު ގެންނަ ބީލަން ސިޓީ

   - މަޢުލޫމާތު ފުރިހަމަނުވާ ބީލަން ސިޓީ

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ ބީލަން ސިޓީ

   - މިއިދާރާއިން ބީލަން ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ ބީލަން ސިޓީ

26 ފެބުރުވަރީ 2020
ހޯދާ