މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.ކޮޅުފުށީ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ތާރީޚް:

25 ފެބުރުއަރީ 2020

ނަންބަރު:

(IUL)367/367/2020/24

މ.ކޮޅުފުށީ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

މ.ކޮޅުފުށީ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ  ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިތަކަށް މި އިދާރާއަށް ހާޒިރުވެ، މައުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑު ހުށަހެޅުމަށް ދަންނަވަމެވެ.

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ކައުންސިލްގެ ޖަލްސާކުރާ މާލަމް

01 މާޗް 2020

އާދީއްތަ

13:00

ބިޑް ހުށަހެޅުން

ކައުންސިލްގެ ޖަލްސާކުރާ މާލަމް

04 މާޗް 2020

ބުދަ

13:00

 

      ކޮންމެ ފަރާތަކަށްވެސް މައުލޫމާތު ސާފުކޮށް އަދި ބިޑުހުށަހެޅޭނީ ކޮންމެވެސް އެއްފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން އަންނަ ފަރާތްތަކަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ކުންފުންޏެއްގެ ފަރާތުން ބައިވެރިވާނަމަ ކުންފުނި ތަމްޞީލް ކުރާކަމުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

      އަދި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިއެއް ނުވެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

25 ފެބުރުވަރީ 2020
ހޯދާ