ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ:331/331/2020/12(IUL)
އިޢުލާން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މިއިދާރާގެ ބެލުމުގެ ދަށުގައިވާ 2 ސަހަރާގައި ފަޅާފައިވާ ވިނަތަކާއި ގަސްތައް، 30 ދުވަހުގެ ތެރޭގައި ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރު: 331/331/2020/8(IUL) އިޢުލާނާއި ގުޅިގެން، އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2020 މާރިޗު 04 ވަނަ ދުވަހުގެ ހެނދުނު 11:00 ގެކުރިން މިކައުންސިލްގެ އިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ މިއިދާރާގެ ނަންބަރު 6641941 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.