ދިވެހިރާއްޖެ
އިޢުލާން
މާލޭ މަސްމާރުކޭޓް ސަރަހައްދުގެ ފަޅުތެރެއިން ނެގިފައިވާ އުޅަނދު ފަހަރާ ބެހޭ
މާލޭމަސްމާރުކޭޓް ކުރިމަތީ ފަޅުތެރޭގައި ދަތުރުނުކޮށް ޤަވާޢިދާ ޚިލާފަށް އަޅާފައިހުރި އުޅަނދުތައް އެސަރަހައްދުން ނެގުމަށް ކުރެވުނު މިކައުންސިލްގެ ނަމްބަރ (IUL)425-CB/1/2020/02 އިއުލާނުގެ މުއްދަތު ހަމަވިއިރު ނުނަގާ ބަލަހައްޓާނެ ޒިންމާދާރު ފަރާތެއްނެތި ފަޅުތެރެއަށް ދޫކޮށްލާފައި ހުރުމުގެ ސަބަބުން އެސަރަހައްދުން ނެގިފައިވާ އުޅަނދު ފަހަރުގެ ތެރެއިން މިހާތަނަށް ވެރިފަރާތުން ހަވާލުނުވެ މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތިރީގައި މިދަންނަވާ އުޅަނދު ފަހަރުގެ ވެރިފަރާތުން 10 މާރިޗް 2020 ދުވަހުގެ 14:00 ގެ ކުރިން އެއުޅަނދު ފަހަރާއި ބެހޭ ރަސްމީ ލިޔެކިއުމެއް ހިއްޕަވައިގެން މިކައުންސިލްގެ އާންމުޚިދުމަތްތަކާއިބެހޭބަޔަށް ދުރުވެ އުޅަނދު ފަހަރާއި ހަވާލުވުމަށް ދަންނަވަމެވެ.
- P4337B.01.10T ( ނަން ނުޖަހާ )
- P1053A.01.06I ( ނަން ނުޖަހާ )
- P6990B.01.08A (ފަހިރޯދި )
މަތީގައި ދެންނެވިފައިވާ ތާރީޚުގެ ނިޔަލަށް އެ އުޅަނދުފަހަރުގެ ވެރިފަރާތުން ނުވަތަ ޒިންމާދާރު ފަރާތަކުން އުޅަނދާއި ޙަވާލުވެ އުޅަނދު ނުގެންގޮސް އޮތްނަމަ ބޭނުން ނެތިގެން ދޫކޮށްލާފައި ހުރި އުޅަނދު ފަހަރުކަމަށް ބަލާ މާލެއާއި ވިލިނގިލީގެ ފަޅުބެލެހެއްޓުމުގެ ޤަވާޢިދުގެ ދަށުން އުޅަނދުފަހަރު ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
29 ރަބީޢުލްއާހިރު 1441
23 ފެބުރުވަރީ 2020