ދިވެހިރާއްޖެ
c
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ގދ. ތިނަދޫ، ދިވެހިރާއްޖެ
ނަންބަރ: IUL)ASMH-MSSS/ASMH/2020/9)
އިޢުލާން
ގދ. ނަޑެއްލާ ސިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ:
ގދ.ނަޑެއްލާ ސިއްޙީމަރުކަޒުގެ އެމްބިއުލާންސް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 25 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުން ފެށިގެން 27 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން 13:00 އާއި ދޭތެރޭ ރަސްމީދުވަސްތަކުގައި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތްގެ (ރޯޝަނީބިލްޑިންގ،ސޯސަންމަގު) ރިސެޕްޝަނަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުންއެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓްކުރެވިފައިވާނެއެވެ. އަދި 01 މާރިޗު 2020 ވާ އާދީއްތަ ދުވަހު ހެނދުނު 9:30 ގައި ޕްރީބިޑް ސެޝަނެއް މިހޮސްޕިޓަލް އަދި މިނިސްޓްރީ އޮފް ހެލްތްގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 04 މާރިޗު 2020 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މިހޮސްޕިޓަލް އަދި މިނިސްޓްރީ އޮފް ހެލްތް (ރޯޝަނީބިލްޑިންގ،ސޯސަންމަގު) ގައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 02 މާރިޗު 2020 ވާ ހޯމަ ދުވަހު ހެނދުނު 9:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެވާހަކަވެސް ދަންނަވަމެވެ.
30 ޖުމާދުލްއާޚިރާ 1441
24 ފެބްރުއަރީ 2020