ދިވެހިރާއްޖެ
އިޢުލާނު |
||
އެސިސްޓެންޓް ޑިރެކްޓަރ |
މަޤާމް: |
|
J-224011 |
މަޤާމުގެ ނަންބަރު: |
|
01 ( އެކެއް ) |
ބޭނުންވާ އަދަދު: |
|
ދާއިމީ |
މަޤާމުގެ ގިންތި: |
|
އެމް.އެސް 3 |
މަޤާމުގެ ރޭންކް: |
|
އެސިސްޓެންޓް ޑިރެކްޓަރ |
މަޤާމުގެ ކްލެސިފިކޭޝަން: |
|
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
|
މަހަކު -/7,035 ރުފިޔާ |
މުސާރަ: |
|
މަހަކު -/2000 ރުފިޔާ |
ސަރވިސް އެލެވަންސް: |
|
1- ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/900 ރުފިޔާ (ނުވަސަތޭކަ ރުފިޔާ ) ނުވަތަ ޓެކްނިކަލް ކޯއެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 . 2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 3- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 4- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 5- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ ޢިނާޔަތް މީގެ އިތުރުން މަޤާމްގެ މަސައްކަތަށް ކަނޑައަޅާފައިވާ އެހެނިހެން އިނާޔަތްތައް
|
އެހެނިހެން އެލަވަންސް:
|
|
1. ނ. މަނަދޫ ކައުންސިލް އިދާރާގެ ކޯޕަރޭޓް އެފެއާޒް ޔުނިޓް ގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުމަށްކުރަންޖެހޭ މަސައްކަތްކުރުން. 2- ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔެއްގެ މަސްއޫލިއްޔަތު އަދާކުރުން. 3. ނ. މަނަދޫ ކައުންސިލް އިދާރާގެ ހިސާބުތަކާއި ،ކައުންސިލުން ހިންގާ ވިޔަފާރިތައް އޮޑިޓް ފާމެއްމެދުވެރިކޮށް އަހަރަކު އެއްފަހަރު އޮޑިޓްކޮށް ކަމާބެހޭ ރިޕޯޓް ކައުންސިލަށް ހުށަހެޅުމަށް ކުރަންޖެހޭ ކަންކަން ހިންގުން. 4. ކައުންސިލުން ހިންގާހަރަކާތްތައް ވިލަރެސްކުރުމާއި، ކައުންސިލް ހިނގާ ނުހިނގާގޮތް ބެލުމާއި، މަސްއޫލިއްޔަތު އަދާ ކުރާމިންވަރު ބެލުމާއި ބެހޭ ކަންކަން ހިންގުން. 5. އިދާރާއިން ސަރުކާރުގެ އެކިއިދާރާ ތަކަށާއި ،އެނޫންވެސް ފަރާތްތަކަށް ބޭނުންވާނެ ތަފާސްހިސާބުތައް އެއްކުރުމާއި ،އެފަދަ މަޢުލޫމާތު ފޯރުކޮށް ދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށް ދިނުމާއިބެހޭ ކަންކަން ހިންގުން. 6. ބޯހިމެނުމުގެ މަސައްކަތާއި ގުޅިގެން ރަށުކައުންސިލްގެ އިދާރާއިން ހިންގާބަލަހައްޓަން ޖެހޭ ކަންކަން ހިންގުން. 7. އިލެކްޝަންސްކޮމިޝަނުން އަންގަވާ ގޮތެއްގެމަތިން އެކިއެކި އިންތިޚާބު ތަކާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމާއި،ކަމާބެހޭ ލިޔެކިޔުންތައް ލިޔުމާއި، އެފަދަ ލިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން. 8. ޔުނިޓް މުވައްޒަފުންގެ މަސައްކަތް ހިނގާނުހިނގާގޮތްބެލުމާއި، މުވައްޒަފުން ގެމަސައްކަތް ސްޕަރވައިޒްކުރުން އަދި ރައްޔިތުންނަށް އިދާރާއިން ފޯރުކޮށްދެންޖެހޭ އެންމެހާ މުނިސިޕަލް ޚިދުމަތްތައް ޤަވާޢިދުން ފޯރުކޮށްދިނުން.
9. އިދާރާގެފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތު ،ވާކްޝޮޕްފަދަ ކަންކަމާއިގުޅިގެން ކުރަންޖެހޭ އިދާރީކަންކަމާއި އިންތިޒާމުތައް ކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތް ތަކުގައި އެހީތެރިވުން. 10. އިދާރާއިން ކުރާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި،އިދާރާގެރަސްމީ މަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|
ނުވަތަ
ނުވަތަ
|
މަޤާމުގެ ޝަރުޠުތައް: |
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ޓްރާންސްކްރިޕްޓް
(ހ) ސިވިލްސާވިސްގެ ވަޒީފާއެއްގައި ، ދައުލަތުގެ މުއައްސަސާއެގައި ، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބަޢިނަލްއަޤްވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ ، އަދި ވަޒީފާގެ މުއްދަތާއި ، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކައްކޮށްފައި ވާނަމަ ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 މާރިޗު 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ފޯމް ބާޠިލް ކުރެވޭނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 05 މާރިޗު 2020 އާއި 19 މާރިޗު 2020 އާ ދެމެދު، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ ގައެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
|
މި މަޤާމަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި، ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ވަޒީފާއަށް ކުރުރިމަތިލީ ފަރާއްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( A2 ފޯމް ) އާންމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސްބޯޑްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށައަޅަން ވާނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
" ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( A2 ފޯމް ) އާންމުކުރުން
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560029 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. މި އިޢުލާނާއި ގުޅިގެން މިއިދާރާއިން މީގެކުރިން ކޮށްފައިވާ ނަންބަރު: (IUL)294-A/294/2020/8 ( 17 ފެބްރުއަރީ 2020 ) އިޢުލާނުގައި އެހެން މަޤާމެއްގެ ކުލެސިފިކޭޝަން ހިމެނިފައިވާތީ އެ އިޢުލާނު ވަނީ ބާތިލުކުރެވިފައެވެ.
|
|
|
26 ޖުމާދުލްޢާހިރް 1441
20 ފެބުރުވަރީ 2020