ދިވެހިރާއްޖެ
c
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ
މާމެންދޫ / ދިވެހިރާއްޖެ ލ.
ނަންބަރ: WDC/IUL/2020/02
އިޢުލާނު
200 ފޮތި ކޮތަޅު ފަހައިދޭނެ ފަރާތެއް ހޯދުމަށް:
(މި ކޮމެޓީން ކުރި އިއުލާނު ނަންބަރު WDC/IUL/2020/01 އާ ގުޅިގެން ހުށައަޅާފައިވާ ކޯޓޭޝަން އަގުތަކަކީ، މާލިއްޔަތު ޤަވާޢިދުގެ ޖަދުވަލު 2 ގެ (1) މާއްދާގެ ދަށުން ކޯޓޭޝަން ހުށައަޅައިގެން މަސައްކަތް ކުރިއަށް ގެންދެވޭނެ އަގުތައްކަމަށް ނުވާތީ، މި އިއުލާނު ބާތިލްކޮށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އަލުން އިއުލާނުކުރަމެވެ)
މި ކޮމެޓީން ހިންގުމަށް ރާވާފައިވާ ޕްރޮޖެކްޓަކަށް 200 ފޮތި ކޮތަޅު (ކޮތަޅެއް 100 ރުފިޔާއަށްވުރެ ބޮޑުނޫން ރޭޓުން) ފަހައިދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
* މަޢުލޫމާތު ޝީޓް 2020 ފެބްރުއަރީ 19 ވާ ބުދަ ދުވަހުން ފެށިގެން ކައުންސިލް އިދާރާއިން ދޫކުރާނެ
* ކޯޓޭޝަން ބަލައިގަތުން އޮންނާނީ 2020 މާރޗް 1 ވާ އާދީއްތަ ދުވަހު 13:15 ގައި ކައުންސިލް އިދާރާގައި
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ކޯޓޭޝަން ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.
މަސައްކަތާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ކޮމެޓީގެ ރައީސާ ޙައްވާ ސިރީނާ (ފޯންނަންބަރ 9990352) އަދި ކޮމެޓީގެ ނައިބު ރައީސާ ނާއިލާ ޢަބްދުﷲ (ފޯން ނަންބަރ 9960965) ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
24 ޖުމާދުލްއާޚިރާ 1441
19 ފެބުރުވަރީ 2020
ޙައްވާ ސިރީނާ
އ.ތ.މ ކޮމެޓީގެ ރައީސާ