މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، ފެންބިލްޑިންގ އަށް ބަދަލުކުރުމާއި ފެންބިލްޑިންގ ގެ އޮފީސް ޖާގައިގެ މަރާމާތުގެ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުން

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، ފެންބިލްޑިންގ އަށް ބަދަލުކުރުމާއި ފެންބިލްޑިންގ ގެ އޮފީސް ޖާގައިގެ މަރާމާތުގެ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުން

 

 

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ހިނގަމުންދާ ވެލާނާގެ 2 ވަނަ ފަންގިފިލާއިން، ފެން ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގެ އޮފީސް ޖާގަ އަށް ބަދަލުކުރުމާއި އެ އޮފީސް ޖާގައިގެ މަރާމާތުގެ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (ވެލާނާގޭ 02 ވަނަފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (ވެލާނާގޭ 02 ވަނަފަންގިފިލާ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ބަޖެޓް އެންޑް ފައިނޭންސް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

2020 ފެބްރުއަރީ 25 ވަނަ ދުވަހުގެ 09:00 ށް

2020 މާރިޗް 08 ވަނަ ދުވަހުގެ 10:00 ށް

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3026667, 3026654  ނަމްބަރ ފޯނާއެވެ.

24 ޖުމާދަލްއާޚިރު 1421

20 ފެބުރުވަރީ 2020
ހޯދާ