މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތީގައި އިންދާފައިހުރި ރުއްތައް ކުއްޔަށް ޙަވާލުކުރުމާއިގުޅޭ

މިރަށު ބަނދަރުމަތީގައި އިންދާފައި ހުރި 21 ރުކާއި، ދޯނި އެހެލާ ސަރަޙައްދާ ދިމާގައި އިންދާފައިހުރި 3 ރުއް 2020 ޑިސެމްބަރ 31 ގެ ނިޔަލަށް ކުއްޔަށް ޙަވާލުކުރާނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ (IUL)311/311/2020/7 (02 ފެބްރުއަރީ 2020) ގެ އިޢުލާނާއިގުޅިގެއް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. ބަނދަރުގައިހުރި ރުއްތައް ކުއްޔަށް ޙަވާލުކުރުމުގައި ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ މައްޗަށްބަލައި އެންމެ ރަނގަޅު ހުށަހެޅުން ހުށަހަޅާ ފަރާތަކަށް ޙަވާލުކުރުމަށް އިސްކަން ދެވޭނެއެވެ.

ވީމާ، ބަނދަރުމަތީގައާއި، ދޯނި އެހެލާ ސަރަޙައްދުގައި ހުރި ރުއްތައް ކުއްޔަށް ހިފުމަށް އެދިލައްވާ ފަރާތްތަކުން ކުއްޔަށް ހިފަން ގަސްދުކުރައްވާ އަގު އެނގޭނޭގޮތަށް 2020 ފެބުރުއަރީ 27 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައި ދެންނެވިފައިވާގޮތަށް ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ފޮނުއްވާ ސިޓީގައި ތިރީގައިވާ މަޢުލޫމާތު ތަފްޞީލްކޮށް ލިޔެވިފައި އޮންނަން ވާނެއެވެ. އަދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި " ރުއްތައް ކުއްޔަށް ޙަވާލުވުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ރުއްތައް
1. ބަނދަރުގައި ހަދާފައިހުރި ބުރުތަކުގައިހުރި 21 ރުއް
2. ދޯނިއެހެލާ ސަރަޙައްދުގައި އިންދާފައިހުރި 3 ރުއް

3. ހުށަހަޅަންޖެހޭ ތަކެއްޗާއި، ދޫކުރުމުގައި ބަލާނެ ކަންކަން
1. ރުއްގަސް ޙަވާލުވުމަށް ހުށަހަޅުއްވާ ކުލި.
2. ރުއްތައް ދިރުވާ އާލާކުރުމަށް ކުރައްވާނޭ މަސައްކަތުގެ ތަފްޞީލް.

3. ރުއްތަކުން ލިބޭ ތަކެތި ބޭނުންކުރެއްވުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭނެ މިންވަރަކާއި ކުރާނޭ ފައިދާ.

ހުށަހަޅުއްވާ ހުށަހެޅުއްވުންތަކަށް މާކުސް ދެވޭނީ ތިރީގައިވާ ގޮތުގެމަތިންނެވެ.

• ކުއްޔަށް %60
• ރުއްތަކާއި، ބަނބުކެޔޮ ގަސްތައް ދިރުވާ އާލާކުރުމަށް ހުށަހަޅުއްވާ ހުށަހެޅުއްވުންތަކަށް %25
• ރުއްތަކުން ލިބޭތަކެތި ބޭނުންކުރެއްވުމުގައި ރައްޔިތުންނަށް އިސްކަންދެއްވާނޭ މިންވަރު

20 ފެބުރުވަރީ 2020
ހޯދާ