ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނީ މަސައްކަތްކޮށް ދިނުމާއި ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުން

މި އިދާރާގެ "ކަށަވަރު" ދޯނި ކުއްޔަށްދީފައިވާ ފަރާތުން އެއްބަސްވުމާ ޚިލާފުވެ ކުލިނުދައްކާ އޮތުމުންނާއި، ކޯޓު އަމުރާ އެއްގޮތަށް ދޯނި މި ކައުންސިލާއި ހަވާލު ނުކުރުމުން މިކައުންސިލަށް ލިބުނު ގެއްލުމުގެ ބަދަލުފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުމުގައި ޤާނޫނީ ވަކީލެއްގެ ޚިދުމަތް ބޭނުންވެއެވެ. ވީމާ މި ޚިދުމަތް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެފަރާތްތަކުގެ ވަނަވަރައި ޤާނޫނީ ދާއިރާއިން ހޯދާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި މަސައްކަތްކޮށް ދިނުމަށް ހުށައަޅާ އަގު އެނގޭނޭގޮތަށް 03 މާރޗް 2020 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ތިރީގައި މިވާކަންކަމަށް ބެލެވޭނެއެވެ.

 

#

ތަފްޞީލް

މާކްސް

01

މަސައްކަތް ކޮށްދިނުމަށް ހުށަހަޅަނީ ލޯފާމަކުން ނަމަ

25

02

މަސައްކަތް ކޮށްދިނުމަށް ހުށަހަޅަނީ ވަކީލެއް ނަމަ

20

03

މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތުގެ ތަޖްރިބާއަށް. (މަސައްކަތުގެ ތަޖުރިބާއަށް މާރކްސް ދެވޭނީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މިބާވަތުގެ މަސައްކަތެއް ކޮށްނިންމިކަން ކަށަވަރުކޮށްދޭ ލިޔުންތަކަށް ބަލައި، ނިންމައިފައިވާ މައްސަލަތަކުގެ އަގުގެ ޖުމުލައަށް ބަލައިގެންނެވެ. އަގުގެ ޖުމުލަ އެންމެ މަތީ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށެވެ.)

30

04

މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގު. (ހުށަހަޅާފައިވާ އަގުތަކަށްބަލާ އެންމެ ކުޑައަގެއް ހުށަހަޅާފައިވާ ފަރާތަކަށް 25 އިންސައްތައިން އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށެވެ.)

25

 

ޖުމްލަ މާކްސް

100

މައުލޫމާތު ސާފުކުރެއްވުމަށް މި ކައުންސިލްގެ ނަންބަރު 6700502 ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

20 ފެބުރުވަރީ 2020
ހޯދާ