ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"8 ވަނަ އިންޓަރނޭޝަނަލް ފެސްޓިވަލް ފޮ ޑްރަމްސް އެންޑް ޓްރެޑިޝަނަލް އާޓްސް" ގައި ބައިވެރިވުމުގެ ފުރުޞަތު

މިޞްރުގެ މިނިސްޓްރީ އޮފް ކަލްޗަރަލް އެފެއާޒް އިން އިންތިޒާމްކުރައްވައިގެން މިއަހަރުގެ އޭޕްރިލް 11 ން 17 ށް ބޭއްވުމަށް ހަމަޖެހިފައިވާ 8 ވަނަ އިންޓަރނޭޝަނަލް ފެސްޓިވަލް ފޮ ޑްރަމްސް އެންޑް ޓްރެޑިޝަނަލް އާޓްސްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ވަނީ ލިބިފައެވެ.

އެގޮތުން މިފެސްޓިވަލްގައި ބައިވެރިވެވޭނީ ގިނަވެގެން 14 މެމްބަރުންގެ މައްޗައް އެކުލެވޭ ގްރޫޕަކަށެވެ. މިގްރޫޕްގެ މެމްބަރުންނަށް އެކޮމަޑޭޝަން އަދި ލޯކަލް ޓްރާސްޕޮޓޭޝަން ހަމަޖައްސަވައިދެއްވާނެކަމަށް ވަނީ އަންގަވާފައެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ، އެއަރފްރައިޓް އާއި މެޑިކަލް އިންޝުއަރެންސް އަދި އެހެނިހެން އެލަވަންސްތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ގްރޫޕަކުންނެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމް އަދި ސަޕޯޓިންގ މެޓީރިއަލްސް [email protected] އަށް މެއިލް ކުރައްވާ [email protected] އަށް ކޮޕީ ކުރެއްވުން އެދެމެވެ. މިފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3344667  ނަންބަރު ފޯނަށެވެ.

19 ފެބުރުވަރީ 2020
ހޯދާ