ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"ސާކް ފެސްޓިވަލް އޮފް ޓްރެޑިޝަނަލް އިންސްޓްރޫމެންޓަލް މިއުޒިކް އެންޑް ވާރކްޝޮޕް – ބޫޓާން 2020" ގައި ބައިވެރިވުމުގެ ފުރުޞަތު

ސާކް ކަލްޗަރަލް ސެންޓަރ (އެސް.ސީ.ސީ) އިން މިއަހަރުގެ އޭޕްރިލްމަހުގެ ފަހުކޮޅުގައި ބޫޓާންގައި ބޭއްވުމަށް ހުށަހަޅުއްވާފައިވާ ފެސްޓިވަލްގައި "ޓްރެޑިޝަނަލް އިންސްޓްރޫމެންޓަލް މިއުޒިކް" ގެ ދާއިރާ އިން 6 ބޭފުޅެއް ނޮމިނޭޓްކުރުމުގެ ފުރުޞަތު ރާއްޖެއަށް ވަނީ ލިބިފައެވެ.

އެގޮތުން މިފެސްޓިވަލްގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ލޯކަލް ހޮސްޕިޓަލިޓީ ހަމަޖައްސަވައިދެއްވާނެކަމަށް ސާކް ކަލްޗަރަލް ސެންޓަރއިން ވަނީ އަންގަވާފައެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތަކުންނެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން ސީވީ މިސެންޓަރަށް 05 މާޗް 2020 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. މިފެސްޓިވަލްގެ ކޮންސެޕްޓް ނޯޓް މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3344667  ނަންބަރު ފޯނަށެވެ.

19 ފެބުރުވަރީ 2020
ހޯދާ