މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިންޓަރނަލް އޮޑިޓަރ

އިޢުލާނު

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އިންޓަރނަލް އޮޑިޓަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރައާއި ޢިނާޔަތްތައް:

-/17,350 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު:

  • އެކައުންޓިންގ ނުވަތަ އޮޑިޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ މަތީ ސެޓްފިކެޓެއް ޙާޞިލް ކޮށްފައިވުމާއެކު ދެއަހަރު ދުވަހުގެ އޮޑިޓިންގ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ކޯޕަރޭޓް ދާއިރާގެ އިސް މަޤާމެއްގައި އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • އައިއެފްއާރްއެސް، އައިއެސްއޭ އަދި އައިޕީޕީއެފް ބެނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

  • ކޯޕަރޭޝަންގެ އިންޓަރނަލް އޮޑިޓް އޮނިގަށޑު ވިލަރެސްކޮށް ޤާއިމްކުރުން.
  • ކޯޕަރޭޝަންގެ އިންޓަރނަލް ކޮންޓްރޯލް އާއި ގަވަރނަންސް ނިޒާމް މުރާޖާކޮށް ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށް އެހީތެރިވެދިނުން.
  • ކޯޕަރޭޝަންގެ މަޤްސަދުތައް ހާސިލްކުރުމަށްޓަކައި އިންޓަރނަލް އޮޑިޓްގެ މަސައްކަތު ޕްލޭން ތައްޔާރުކުމާއި އެ ޕްލޭނާއި އެއްގޮތަށް މަސައްކަތްތަށް ރާވައި ހިންގުން.
  • އިންޓަރނަލް އޮޑިޓްތަކާއި ގުޅިގެން ކޯޕަރޭޝަންގެ މެނޭޖްމަންޓަށާއި ބޯޑަށް ލަފާދިނުމާއި  އެކަންކަމާއި ގުޅިގެން އެޅޭ ފިޔަވަޅުތައް ބަލާ މުރާޖަޢާކުރުން.
  • ރިސްކް މެނޭޖްކުރުމުގައި އެންމެ ފުރިހަމަ އެޕްރޯޗް އެއް ޤާއިމްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ކޮރަޕްޝަނަށް މަގުފަހިވާނެ ފަދަ ކަންތައްތައް ހުއްޓުވޭނެ ގޮތާ ގުޅޭގޮތުން މެނޭޖްމަންޓަށް ލަފާދީ އެކަންތައްތައް ކުންފުނީގެ މަސައްކަތުގައި އިމްޕްލިމެންޓްކުރުން.
  • މީގެ އިތުރުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އިންޓަރނަލް އޮޑިޓާ ބޭހޭ ޢާންމު އުޞޫލުގައި ބަޔާންކުރާ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރުން.
  • ކޯޕަރޭޝަންގެ އޮޑިޓް ކޮމިޓީއިން ހަވާލުކުރާ އެހެނިހެން މަސައްކަތްތަށް ކުރުން.

 

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 03 މާރިޗު 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ ލިޔެކިޔުންތަކާއެކު [email protected] އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ކަނޑައެޅޭ ގޮތެއްގެ މަތީން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ އިޚްތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

19 ފެބުރުވަރީ 2020
ހޯދާ