މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ކޮމްޕިއުޓަރ ޓެކްނީޝަން

 

      އިޢުލާން

މަޤާމް: 

ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމުގެ ނަންބަރު:

J- 305570

ބޭނުންވާ ޢަދަދު: 

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް: 

އެމް.އެސް 2

މަގާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން / މާލެ'

މުސާރަ:

މަހަކު 6,295/-ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -2,000/ ރުފިޔާ

ޓެކްނިކަލް ކޯ އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މުސާރައިގެ %28

އާސާސީ މުސާރައިގެ %35

 

 

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

1.      މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކަށް ބޭނުންވާ ސާރވާރ ހާރޑްވެއަރ އަދި އެޕްލިކޭޝަން އިންޓަރގްރޭޓް ކޮށް އިންސްޓޯލް ކުރުމާއި ބެލެހެއްޓުން އަދި ސާރވާރ ހާރޑްވެއަރ އަދި އެޕްލިކޭޝަން އިންޓަރގްރޭޓް ކޮށް އިންސްޓޯލް ކުރުން އަދި ޤަވާއިދުން ކުރަންޖެހޭ އަޕްޑޭޓްތައް ހޯދައި ކުރުން، އަދި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުން ބޭނުންކުރާ ސަރވަރ އާއި، ކޮމްޕިއުޓަރ ނެޓްވާރކް ރައްކާތެރިކޮށް ބެލެހެއްޓުމާއި އޮފީހުގެ ބޭނުންތަކާއި ގުޅޭ ގޮތުން ކޮންފިގަރޭޝަނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން، އަދި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުން ބޭނުންކުރާ ސާރވާރ އާއި ނެޓްވޯކް އަށް ދިމާވާ މައްސަލަތައް ވަކިވަކިން ބަލާ ހައްލުކުރުން

2.      ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ އިން ފައްޓަވާފައިވާ ޤައުމީ މުވާޞަލާތީ ވިއުގަ ގުޅައިދިނުމުގައި އަދި ގަވަރންމަންޓް އިލެކްޓްރޯނިކް މެއިލް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރުމުގައި ދިމާވާ މައްސަލަތަކުގައި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.

3.      މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ ކޮމްޕިއުޓަރތަކަށް ސޮފްޓްވެއަރ އެޅުމާއި، ކޮންފިގަރ ކުރުމާއި، ކޮމްޕިއުޓަރ ސިސްޓަމްތަކާއި ޕްރިންޓަރުތައް ބެލެހެއްޓުން، އަދިމިނިސްޓްރީގެ ކޮމިއުނިކޭޝަން އިކުއިޕްމަންޓުތަކާއި، ފޯންލައިންތަކާއި، ފިންގަރޕްރިންޓު ސިސްޓަމްއާއި، ބެލެހެއްޓުން، އަދި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ ނެޓްވޯރކް ސެކިއުރިޓީ ހަރުދަނާކޮށް، ކަނެކްޓިވިޓީ މަހަކު އެއްފަހަރު ޗެކްކޮށް ބެލެހެއްޓުމާއި ރިޕޯޓް އެކުލަވާލުން.

4.      މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ މަސައްކަތްތައް ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ހާމަކުރުމަށް މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ ވެބްސައިޓުތައް ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން، އަދި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ އިންޓްރާނެޓާއި ގުޅުންހުރި މަސައްކަތްކުރުން، އަދި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ ބޭނުންކުރާ ޚާއްޞަ ސޮފްޓްވެއަރއަށް މައްސަލައެއް ދިމާވެއްޖެނަމަ އެ ބަލަހައްޓާ ބަޔަކާ ގުޅައިގެން އެ މައްސަލައެއް ޙައްލުކުރުމަށް މަސައްކަތްކުރުން.

5.      މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ ޚިދުމަތްތައް އިންފޮމޭޝަން ޓެކްނޯލޮޖީގެ އެހީގައި ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ އެޕްލިކޭޝަން އަދި ނެޓްވަރކް އިންފްރާސްޓްރަކްޗަރގެ ޚިދުމަތްތައް އެއްފެންވަރެއްގައި ފޯރުކޮށްދިނުމާއި،އިންފްރާސްޓްރަކްޗަރގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އައި.ސީ.ޓީގެ ސެކްޝަންގެ އިސްވެރިޔާގެ ލަފަޔާއެކު އެންމެ ފުރިހަމައަށް ބޭނުން ހިފޭނޭގޮތްތައް ރާވާ ހިންގުން.

6.      މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގައި ކުރަންޖެހޭ މަސައްކަތްތައް ރަގަޅަށް ކުރެވޭނޭފަދަ ގޮތަކަށް މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ ނެޓްވާރކް، ސަރަވަރތައް އަދި ކޮމްޕިއުޓަރ ސިސްޓަމްތައް ރަގަޅު އުޞޫލެއްގެ މަތިން ޕްލޭންކޮށް އެތަކެތި ބެލެހެއްޓުމާއި އެކަންތައްތައް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އޮފީހުގެ އެކިއެކި ކޮމްޕިޔުޓަރ ސިސްޓަމްތަކާ، ޕްރިންޓަރ ތަކާއި އެހެނިހެން އައި.ސީ.ޓީ ދާއިރާއާ ގުޅޭ ތަކެއްޗަށް ކުރިމަތިވާ މައްސަލަތައް އޮފީހުގައި ޙައްލުކުރެވެން ހުރިވަރަކުން ޙައްލުކުރުމާއި ނުކުރެވޭވަރުގެ ކަންތައްތައް ޕްރިކިއުމަންޓާއި ފައިނޭންސް ސެކްޝަނާ ގުޅިގެން އެކަމާބެހޭ މީހުން ލައްވާ ރަނގަޅުކުރެވޭތޯ ބެލުން.

7.      މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ އައި.ޓީ އިންފްރާސްޓްރަކްޗަރގެ ސެކިއުރިޓީ އޯޑިޓް ހެދުމާއި، ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ މިކަންކަން އިމްޕްލިމެންޓްކުރުމަށް ކުރަންޖެހޭ ކަންކަމާއިމެދު ލަފާދިނުމާއި، މިގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްކުރުން.

8.      މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ އީމެއިލް ސިސްޓަމް ބެލެހެއްޓުން

9.      މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ އައި.ސީ.ޓީއާއި ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށް ވެރިންއަންގަވާ ގޮތެއްގެމަތިން ކުރުން، އަދި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުގެ އައި.ސީ.ޓީ ދާއިރާއާއި ގުޅުންހުރި މަސައްކަތްތައް ސެކްޝަންގެ ވެރިޔާ ނުވަތަ އޮފީހުގެ އިސްވެރިން އަންގަވާ ގޮތެއްގެމަތިން ރާވާ ހިންގުން

 

 

މަޤާމުގެ ޝަރުތުތައް:

 

ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1.    ފުރިހަމަކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިމިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2.    ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.    ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.    ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.    ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތީރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.    ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7.    ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8.    މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އާދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 

ވަޒީފާ އަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

1.      ޙާސިލުކޮށްފައިވާތަޢުލީމާއި، ތަމްރީނަށްބަލައިގެން.

2.      މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3.      ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

4.      ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ 35% އަށްވުރެމަތިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 މާރިޗު 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected])މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 03 މާރިޗު 2020 އާއި 31 މާރިޗު 2020 އާ ދެމެދު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ގައެވެ.

 

 

ޝޯޓް ލިސްޓްކުރުން

 

މިވަޒީފާއަށް ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

 

އިތުރު މަޢުލޫމާތު ހޯދުން

 

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3310102އެވެ.

އީމެއިލްކުރާނީ [email protected]  އަށެވެ.

 

 

18 ފެބުރުވަރީ 2020
ހޯދާ