ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ މެޖިސްޓްރޭޓް ކޯޓް
ހއ.ފިއްލަދޫ
ދިވެހިރާއްޖެ.
ނަންބަރު: A11C-A/2020/2
އިޢުލާން
ހއ.ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.
ހއ.ފިއްލަދޫ މެޖިސްޓްރޭޓްކޯޓްގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫންނަންބަރ 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަން އެނގޭނެ ލިޔުމެއް ގެންނަން ވާނެއެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް 24 ފެބްރުވަރީ 2020 (ހޯމަ) ދުވަހުގެ 13:30 އަށް ހއ.ފިއްލަދޫ މެޖިސްޓްރޭޓްކޯޓަށް ނުވަތަ ހއ.ދިއްދޫ މެޖިސްޓްރޭޓްކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރައްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތަކާއި މަޢުލޫމާތު ޝީޓްގައި ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ތަކެތި ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 01 މާރިޗު 2020 (އާދީއްތަ)
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:30
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: މަޢުލޫމާތުސާފުކުރުމަށް ވަޑައިގެންނެވި ކޯޓަށް
ނޯޓް: މިއިޢުލާނާއި ގުޅީގެން މިކޯޓްގެ ނަންބަރ A11C-A/2020/02 (12 ފެބްރުވަރީ 2020) އިޢުލާން ބާޠީލްވީއެވެ.
18 ފެބްރުއަރީ 2020