ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1.5 ޓަނުގެ ޕިކަޕެއް ގަނެ ސަޕްލައިކޮއްދޭނެ ފަރާތެއް ހޯދުން

 

                                                                      

ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ                          
ދިވެހިރާއްޖެ

                                                                                ނަމްބަރ: 256/2020/10(IUL)

 

1.5 ޓަނުގެ ޕިކަޕެއްގަނެ ސަޕްލައިކުން


އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

     ތިލަދުންމަތީ އިތުރުބުރީ މުރައިދޫ  ކައުންސިލް އަށް 1.5 ޓަނުގެ ޕިކަޕެއް ބީލަން ފޮތުގައި ދެވިފައިވާ ސްޕެސިފިކޭޝަން އާއި އެއްގޮތަށް ގަނެ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

     މި މިސައްކަތުގެ ބީލަން ފޮތް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

ގެޒެޓް ޕޯޓަލް:

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން

މުއްދަތު:16 ފެބްރުއަރީ 2020 އިން 27 ފެބްރުއަރީ 2020 އަށް (ބަންދު ދުވަސްތަށް ނުހިމަނާ)

ތަން: ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ

އީ-މެއިލް: [email protected]

އަންދާސީ ހިސާބުގައި ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ލިޔުމުން ހުށަހަޅަންވާނެވެ.

މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

ރަޖިސްޓްރީ ނަންބަރު.

އީމެއިލް އެޑްރެސް.

ގުޅޭނެ މޯބައިލް ނަންބަރު.

 

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

     ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 05 މާރިޗް 2020 (ބުރާސްފަތި ދުވަހު) ހއ.މުރައިދޫ ކައުންސިލް އިދާރާ ކޮންފަރެންސް ހޯލްގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތައް ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 45 ދުވަސް އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ކޯޕަރޭޓް އެފެއާރޒް ސެކެޝަން

ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ

ހއ.މުރައިދޫ، ދިވެހިރާއްޖެ

ބީލަމުގެ ނަން: 1.5 ޓަނުގެ ޕިކަޕެއް ގަނެ ސަޕްލައިކުން

އިޢުލާނު ނަންބަރު: 256/2020/10(IUL)

ނޯޓް:

           މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ މުރައިދޫކައުންސިލް އިދާރާއަށް ލިބިގެންވެއެވެ.

16 ފެބްރުއަރީ 2020

 

16 ފެބުރުވަރީ 2020
ހޯދާ