ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2020 ވަނަ އަހަރުގެ ޖެނުއަރީ ސެމިސްޓަރގައި އައި.ޔޫ.އެމް ފުވައްމުލައް ސިޓީ ލާރނިންގ ސެންޓަރުގައި ފެށުމަށް ހަމަޖެހިފައިވާ ޑިޕްލޮމާ ފޯ އިމާމްސް ކޯހަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

2020 ވަނަ އަހަރުގެ ޖެނުއަރީ ސެމިސްޓަރގައި އައި.ޔޫ.އެމް ފުވައްމުލައް ސިޓީ ލާރނިންގ ސެންޓަރުގައި ފެށުމަށް ހަމަޖެހިފައިވާ ޑިޕްލޮމާ ފޯ އިމާމްސް ކޯހަށް ފުރުޞަތު ހުޅުވާލުން

 

 

ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް

ކުއްލިއްޔާ/ ސެންޓަރ

ލެވެލް

ކޯހުގެ ނަން

ޝަރުޠު

ކިޔަވައިދޭ ބަސް

ދަންފަޅި

ކޯހުގެ ޖާގަ

މުއްދަތު

ކެމްޕަސް

ކޯހުގެ ޖުމްލަ ފީ

ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް

ލެވެލް 5

ޑިޕްލޮމާ ފޯ އިމާމްސް

  • ސާނަވީ (ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ / އެސް.އެސް.ސީ)ގެ 3 މާއްދާއިން "ސީ"  ނުވަތަ އެއަށްވުރެ މަތިން ޙާޞިލްކޮށްފައިވުން. ނުވަތަ،
  • އެމް.ކިއު.އޭ ގަބޫލުކުރާ ލެވަލް 3 ގެ  ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން. ނުވަތަ،
  • 18 އަހަރުވެފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި ކިޔަވައިދޭ ބަހުން މުޢާމަލާތު ކުރަން އެނގުން.

 

ދިވެހި

 ހަފުތާ ބަންދު ދުވަސްތަކުގައި

20

2 އަހަރު (4 ސެމިސްޓަރ)

ފުވައްމުލަކު ސިޓީ

20,010/- ރުފިޔާ

 

  • ވީމާ، މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި،20 ފެބުރުވަރީ 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ނުވަތަ އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ފުވައްމުލަކު ސިޓީ - ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް) ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މި ކޯސްތަކާ ބެހޭ މައުލޫމާތާއި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި ޔުނިވަރސިޓީގެ ވެބްސައިޓް  www.ium.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3022124 އަދި 3022125 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ކޯސްތަކަށް ވަނުމަށް އެދޭފަރާތްތަކަށް ދެވޭ އިރުޝާދު

ކޯހަށް ވަނުމަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯރމް
  • ލިބިފައިވާ ސަނަދުތަކުގެ ކޮޕީ އަޞްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ.
  • އައިޑީކާޑުގެ ކޮޕީ.
  • ޕާސްޕޯޓު ސައިޒުގެ 1 ފޮޓޯ.
  • ޕީ.އެޗް.ޑީ ދަރިވަރެއްނަމަ، ރިސާރޗްކުރާ ދާއިރާއަކުން ޕްރޮޕޯސަލް.

 

  • ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެއެވެ.
  • އައިޑީ ކާޑުގެ ކޮޕީ ވެރިފައި ކުރުމަށްޓަކައި އައިޑީކާޑުގެ އަޞްލު ހުށަހަޅަން ޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަޞްލު ދޫކުރެވޭނެއެވެ.
  • އަތޮޅުތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި، އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަޞްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީކުރުމުގެ، ލަސްވެގެން 02 ދުވަސްކުރިން ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ކޯހެއްވެސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން އެކޯހެއްގައި ބައިވެރިވުމުންނެވެ.
  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:  3022124 އަދި 3022125 ނަންބަރަށެވެ.

 

  • ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުން އަދި އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ފުވައްމުލަކު ސިޓީން (ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް) ފޯމު ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން ޔުނިވަރސިޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

 

ކޯހާބެހޭ މަޢުލޫމާތު ޔުނިވަރސިޓީގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު

  • ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނުން
  • އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ފުވައްމުލަކު ސިޓީ - ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް)

 

23 ޖުމާދަލްއާޚިރު 1441

17 ފެބްރުވަރީ 2020

17 ފެބުރުވަރީ 2020
ހޯދާ